އިންޑިއާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ނޭހާ ކައްކަރާއި ލަވަ ކިއުންތެރިޔާ ރޯހަންޕްރީތު ކައިވެނިިކޮށްފި އެވެ.
މި ދެ ފަންނާނުން ކައިވެނިކޮށްފައިވަނީ މިދިޔަ ހޮނިހިރުދުވަހު ދިއްލީގައެވެ. ކޮވިޑް-19 އާއި ގުޅިގެން ކައިވެނީގެ ބޮޑު ހަފްލާއެއް ބާއްވާފައިނުވާއިރު މިކައިވެނީގެ ހަފްލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާ އާއި ވަރަށް ގާތް ރަހްމަތްތެރިންނެވެ. ނަމަވެސް މި ދެމަފިރިންގެ ކައިވެނީގެ ބޮޑު ހަފްލާއެއް ޕަންޖާބުގައި, ފަހުން ބޭއްވުމަށް ހަމަޖެހިފައިވާ ކަަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.
ނޭހާ އާއި ރޯހަންޕްރޫތަކީ ވެސް ޕަންޖާބަށް ނިސްބަތްވާ ދެ ފަންނާނުންނަށްވާތީ ކައިވެނީގެ ހަފުލާ ދިޔައީ ވަރަށް ފޯރިގަދަކޮށެވެ.
ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދޭ އަންހެން ފަންނާނުންގެ ތެރެއިން މި ވަގުތު އެންމެ މަގުބޫލު އަދި އެންމެ ޑިމާންޑް ބޮޑު އެކަކަކީ ނޭހާ އެވެ. އޭނާ ކައިވެނިކުރި ރޯހަންޕްރީތު އަކީ އަރަމުން އަންނަ ޕަންޖާބީ ފަންނާނެކެވެ.
ނޭހާ އާއި ރޯހަންޕްރީތު ކައިވެނި މި ކުރީ ދެ މީހުން އެކީގައި ކުޅުނު ފުރަތަމަ ވީޑިއޯ ލަވަ "ނޭހޫ ދާ ވިއާ" ވެސް މި މަހުގެ 21 ގައި ދައްކާލާފައި ވަނިކޮށެވެ. ނޭހާ ބުނެފައިވާ ގޮތުގައި ރޯހަންޕްރީތު ދެކެ ލޯބިވެވުނީ ފުރަތަމަ ނަޒަރުންނެވެ.
ނޭހާ އާއި ރޯހަންޕްރީތްގެ ގުޅުން ނޭހާ އިއުލާން ކޮށްފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުންނެވެ. ރޯހަން އާއެކު ނަގާފައިވާ ފޮޓޮއަކާއެކު “ތިބާއަކީ މަގޭ މީހެއް” ލިޔެފައި އޮތްއިރު ނެހާގެ މި މެސެޖަށް ރޯހަން ވެސް ވަނީ “އައި ލަވް ޔޫ” ޖަހާ ކޮމެންޓް ކޮށްފަ އެވެ. ނަމަވެސް ލަވަކިޔުންތެރިޔާ އަދި ހޯސްޓް އަދިތުޔާ ނާރަޔަން ވަނީ ނެހާ އެހާ އަވަހަށް ކައިވެނި ނުކުރާނެކަމަށް ބުނެފައެވެ.