twitterviber whatsapp telegramfacebookyoutube instagram
25th September 2026

ކޭއާރުއެޗްގައި އޮތް ހާލު ދެރަ ބަލި މީހަކު އެމްއެންޑީއެފް އެހީގައި މާލެ ގެންގޮސްފި

ނަބީލާ އިސްމާޢީލް
Oct 26, 2020

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި އޮތް ހާލު ދެރަ ބަލި މީހަކު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އިތުރު ފަރުވާއަށް މާލެ ގެންގޮސްފި އެވެ.

އެމްއެންޑީއެފްއިން ބުނީ ކޭއާރުއެޗުގައި އޮތް ހާލު ދެރަ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނަކު އެމްއެންޑީއެފްގެ އެހީގައި އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށެވެ. ބަލިމީހާ މާލެ ގެންދެވުނީ ރޭ ދަންވަރު 3:10 ގައި ކަމަށެވެ.

ބަލި މީހާ މާލެ ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓުގައި ކަމަށާއި މިއީ މި ބޯޓުގައި ކުރެވުނު މެޑިކަލް ފުރަތަމަ ދަތުރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި މި ފްލައިޓް ރާއްޖެ ގެނެސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293