twitterviber whatsapp telegramfacebookyoutube instagram
26th April 2024

ވެންޓިލޭޓަރުގެ މައްސަލައިގައި ޕީޖީގެ ނިންމުން ރިވިއުކޮށްދޭން އެދިއްޖެ

ނަބީލާ އިސްމާޢީލް
Oct 26, 2020

ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ނިންމެވި ނިންމެވުން މުރާޖައާ ކޮށްދެއްވުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ހުށައަޅައިފިއެވެ.

އޭސީސީން މި މައްސަލަ ރިވިއު ކޮށްދެއްވުން އެދި ޕީޖީ އޮފީހަށް ހުށައަޅާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭސީސީން ބުނީ މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާނީ، މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުވެ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރިކަމަށް ތަހުގީގަށް ސާބިތުވާތީ ކަމަށެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

އޭސީސީން އެދުނު ގޮތަށް ދައުވާނުކޮށް މައްސަލަ އަނބުރާ ފޮނުވާލެއްވީ، ޕީޖީ ޝަމީމް ވިދާޅުވެފައިވާ ގޮތުގައި، އޭރު ހުށަހަޅާފައިވާ މައުލޫމާތުތަކުގައި ކޯޓެއްގައި ސާބިތުކުރެވޭ ވަރުގެ ހެކި ނެތުމުންނެވެ. ތަފާތު 12 ތުހުމަތެއް އޭސީސީން ކޮށްފައިވާއިރު، އޭގައި ހުރީ ޕީޖީ ސިފަކުރެއްވި ގޮތުގައި، އިދާރީ މައްސަލަތަކެވެ.

އެގްޒެކިއުޓާސްއާ އެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބުނީ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރު ފޮނުވާނެ ތާރީޚެއް އެ ކުންފުނިން ހެލްތު މިނިސްޓްރީއަށް ނުދެ އެވެ.

ވެންޓިލޭޓަރު މައްސަލާގައި މިނިސްޓަރުގެ މަގާމުގައި ހުންނެވި އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355