twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކޮވިޑްގެ ދެވަނަ ރާޅަކާއެކު ސްޕެއިންގައި އަނެއްކާވެސް ކުއްލި ހާލަތު އިއުލާނުކޮށްފި

ނަބީލާ އިސްމާޢީލް
Oct 26, 2020

ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ ސަބަބުން ސްޕެއިނުގެ ހާލަތު ގޯސްވެ، އެ ގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިއުލާނުކޮށްފިއެވެ.

މިއީ ކޮވިޑް-19ގެ ސަބަބުން އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ދެވަނަ ފަހަރެވެ. ކޮވިޑް ސަބަބުން އެ ޤައުމުގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

ހުޅަނގު ޔޫރަޕްގެ ގައުމުތަކުގައި މިހާތަނަށް އެންމެ ގިނައިން ކޮވިޑް ބަލި ޖެހިފައިވާ މި ގައުމުގައި އަދަދު 1،046،132 މީހުނަށް އަރާފައިވާއިރު 35،000 މީހުން ވަނީ ބަލީގައި މަރުވެފަ އެވެ.

ބަލި ފެތުރުން ކޮންޓްރޯލްވެ ކުރިން އެ ގައުމުގައި އިއުލާނުކުރި ކުއްލި ހާލަތުވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި އުވާލާފަ އެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެ ގައުމުގައި ބަލިޖެހޭ މީހުންގެ އަދަދުވަނީ އަނެއްކާވެސް އިތުރުވާން ފަށައިފައެވެ.

ގައުމާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން ސްޕެއިނުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް ވިދާޅުވީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުއްލި ހާލަތު އިއުލާނުކުރައްވާފައިވާކަމަށެވެ. އެ ހާލަތުގެ ދަށުން ކޭނެރީ އައިލެންޑްސް ފިޔަވައި ސްޕެއިނުގެ ހުރިހާ ސަރަހައްދެއްގައި ރޭގަނޑު 11އިން ފެށިގެން ފަތިހު 6 ޖަހަންދެން ކާފިއު ހިންގާނެ ކަމަށެވެ.

ސަންޗޭޒް ވިދާޅުވީ ސްޕެއިން ހިމެނޭގޮތަށް ވިލާތުގެ ގައުމުތަކުން މިހާރު ކުރިމަތިލަމުންދަނީ ކޮވިޑްގެ ދެވަނަ ރާޅެއްކަމަށެވެ. އަދި ބަލިފެތުރޭ މިންވަރު ދަށްކުރުމަށް މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ހަ މަސް ދުވަހުގެ މުއްދަތަށް ދެމެހެއްޓުމަށް ބޭނުންވާކަމަށާއި އެކަމުގެ ހުއްދައަށް ގާނޫނު ހަދާ މަޖިލީހުގައި އެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355