twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި ފަގީރުންގެ އަދަދު މި އަހަރު އިތުރުވެއްޖެ

ނަބީލާ އިސްމާޢީލް
Oct 26, 2020
1

ކުޅުދުއްފުށީގައި ފަގީރުންގެ ގޮތުގައި މި އަހަރު ރަޖިސްޓްރީކުރި މީހުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެއްޖެ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ފަގީރުންނާއި މިސްކީނުން ދަފްތަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 286 މީހުންނެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 43 މީހުންގެ އިތުރުވުމެކެވެ.

މިދިޔަ އަހަރާ ހަމައަށް ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 243 މީހުންނެވެ.

މީގެ ދެ އަހަރު ކުރިން އެކުލަވާލައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރު މި އަހަރުގެ ޖުލައި މަސްތެރޭގައިވަނީ މުރާޖާއަކުރުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލާފަ އެވެ.

މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ ބަހާފައިވަނީ 572،000 ރުފިޔާ އެވެ. އެއީ ބޮލަކަށް 2000 ރުފިޔާގެ މަގުންނެވެ. މިދިޔަ އަހަރުވެސް މުދަލު ޒަކާތުގެ ގޮތުގައި ބެހީ ބޮލަކަށް 2000 ރުފިޔާ އެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާތައް ގެއްލުމުގެ ސަބަބުން ގިނަ ބަޔަކަށްވަނީ އޭގެ ދަތިތަކާ ކުރިމަތިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355