twitterviber whatsapp telegramfacebookyoutube instagram
9th August 2026

ހަނިމާދޫ ބަނދަރުގެ 25 ޕަސެންޓް ނިމިއްޖެ

ނަބީލާ އިސްމާޢީލް
Oct 28, 2020
1

މިދިޔަ ޖޫން މަހު އެއްވަނަ ދުވަހު މަސައްކަތް ފެށި ހދ ހަނިމާދޫ ބަނދަރުގެ 25 ޕަސެންޓު ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތުގެ 53 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން 53،523 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ހިއްކައި ފުންކުރާނެ އެވެ. އަދި 355 މީޓަރުގެ ބްރޭކްވޯޓާއެއް ގާއިމްކޮށް 50 މީޓަރުގެ ރިވެޓްމެންޓު ޖަހާނެ އެވެ.

މި ޕްރޮޖެކްޓަށް 57.1 މިލިއަން ރުފިޔާ ހަރަދު ކުރާއިރު މި ޕްރޮޖެކްޓު ނިންމާލާއިރު 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ. މީގެ އިތުރުން 270 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ 05 މެއި 2020 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355