twitterviber whatsapp telegramfacebookyoutube instagram
20th April 2024

17 ޓީމާއެކު ޑަބްލިއުއެސްއޭ ބީޗް ހޭޑްބޯލް މުބާރާތް ފަށައިފި

ނަބީލާ އިސްމާޢީލް
Nov 3, 2020

ޑަބްލިއު ސްޕޯޓްސް އެކަޑެމީ އާއި ހޭންޑްބޯލް އެސޯސިއޭޝަންއާ ގުޅިގެން ކުޅުދުއްފުށި ސިޓީގައި ބީޗް ހޭޑްބޯލް މުބާރާތެއް މިއަދު ފަށައިފި އެވެ.

ދެ ކެޑަގަރީއަކަށް ހުޅުވާލާފައިވާ މި މުބާރާތުގެ ފިރިހެން ޑިވިޝަން ހުޅުވާލެވިފައި ވަނީ އޮފީސްތަކަށެވެ. އެގޮތުން ޑަބްލިއު އެސްއޭ އިންޓަރ އޮފީސް ބީޗް ހޭޑްބޯލް ޗެމްޕިއަންޝިޕް ނަމުގައިހުޅުވާލެވިފައިވާ މިކެޓަގަރީގައި 8 އޮފީހަކުން ވަނީ ބައިވެރިވެފަ އެވެ.

ޑަބްލިއު އެސްއޭ އިންޓަރ އޮފީސް ބީޗް ހޭޑްބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޕޮލިސް، ދިރާގު، ކަސްޓަމްސް، ކުޅުދުއްފުށީ ކެމްޕަސް (އެމްއެންޔޫ)، އަފީފުއްދީން އެސްއާރުސީ، ޓީމް އޭއީސީގެ އިތުރުން ކޭޕީއެލް އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އެވެ.

އަދި ޑަބްލިއުއެސްއޭ ބީޗް ހޭންޑް ބޯލް ޗެމްޕިއަންޝިޕް ނަމުގައި އަންހެން ކެޓަގަރީ ރަށަށް ހުޅުވާލެވިފައިވާއިރު އަންހެން ކެޓަގަރީގައި 9 ޓީމަކުން ވާދަކުރެއެވެ.

ޑަބްލިއުއެސްއޭ ބީޗް ހޭންޑް ބޯލް ޗެމްޕިއަންޝިޕް އަންހެން ޓީމް ތަކަކީ ލޮބްސްޓާ، ޓީމް ފައިވް، ޔުނީކް ފުރެންޑްސް، ފެމެލީ ބޭކަރީ، ޓީމް ނިކަ، ޝެޑޯ، ސަނދަރަގެ އިތުރުން އޮކްޓޮޕަސް އާއި އަފީފުއްދީން އެސްއާރުސީ އެވެ.

މި މުބާރާތް މިދިޔަ އޮކްޓޯބަރ 8 ވަނަ ދުވަހު ކުޅުމަށް ތާވަލް ކުރެވުނު ނަމަވެސް ކޮވިޑް-19ގެ ސަބަބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުޅުދުއްފުށީ މޮނިޓަރިނަށް ލުމާއި ގުޅިގެން ފަސްކުރުމަށްފަހު މުބާރާތް ފަށާފައިވަނީ ނަސްރުގެ ދުވަހާއި ގުޅުވައިގެން މިއަދު ހެނދުނު އެވެ. އަދި މިއަދު ހަވީރުވެސް މެޗުތަށް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ 2 މެޗު ހެނދުނު ކުޅެފައިވާއިރު ކޭޕީއެލް އާއި ހޮސްޕިޓަލް ބައްދަލުކުރި މެޗު 27-19 އިން ކާމިޔާބުކޮށްފައިވަނީ ހޮސްޕިޓަލް ޓީމެވެ. އަދި ކަސްޓަމްސް އާއި އެމްއެންޔޫ ބައްދަލުކުރި މެޗު 36-6 ކުން ކާމިޔާބުކުރީ ކަސްޓަމްސްގެ ޓީމެވެ.

އަންހެން ޑިވިޝަންގެ ހަތަރު މެޗު ހެނދުނު ކުޅެވުނު އިރު ފުރަތަމަ މެޗުގައި ލޮބްސްޓާ އާއި ޓީމް ފައިވް ބައްދަލުކޮށް 5-9 ޓީމް ފައިވް މެޗު ކާމިޔާބު ކުރިއިރު ޔުނީކް ފުރެންޑްސް އާއި ފެމެލީ ބޭކަރީ ބައްދަލު ކުރި މެޗުގައި 7-3 މެޗު ކާމިޔާބު ކުރީ ޔުނީކް ފުރެންޑްސް އެވެ. އަދި ނިކައާއި އަފީފުއްދީން އެސްއާރުސީ ބައްދަލުކޮށް 12-4 ކާމިޔާބު ކުރީ ޓީމް ނިކަ އެވެ. ހެނދުނު ކުޅުނު ފަހު މެޗުގައި ޝެޑޯ އާއި ސަނދަރަ ބައްދަލުކޮށް 5-2 އަކުން މެޗު ކާމިޔާބުކުރީ ޝެޑޯ އެވެ.

ހަވީރުގެ މެޗުތައް މިއަދު ފެށުމަށް ހަމަޖެހިފައިވަނީ 15:45ގަ އެވެ. އެ ގޮތުން ހަވީރު ފުރަތަމަ ބައްދަލުކުރަން ހަމެޖެހިފައިވަނީ ޓީމް ފައިވް އާއި އޮކްޓޮޕަސް އެވެ. ދެވަނަ މެޗުގައި ދިރާގާއި ޕޮލިސް ބައްދަލުކުރާއިރު ތިންވަނަ މެޗުގައި ލޮބްސްޓަރ އާއި އަފީފުއްދީން އެސްއާރުސީ އަދި ފަހު މެޗުގައި އަފީފުއްދީން އެސްއާރުސީ އަދި ޓީމް އޭއީސީ ބައްދަލު ކުރާނެ އެވެ.

މުބާރާތުގެ ފައިނަލް މިމަހު 8 ވަނަ ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު ފިރިހެން އަންހެން ދެ ޑިވިޝަނަށްވެސް ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355