twitterviber whatsapp telegramfacebookyoutube instagram
4th July 2025

މުގައްރިރުކަމުން އާމިރު ވަކިކުރަން ފާހެއް ނުވި

ނަބީލާ އިސްމާޢީލް
Nov 5, 2020

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މުގައްރިރު ކަމުގައި ހުންނެވި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އެ ކޮމިޓީގެ މުގައްރިރު ކަމުން ވަކިކުރުމަށް ކޮމިޓީން ފާހެއް ނުވިއެވެ.

ގަވައިދު ކޮމެޓީގައި ހިމެނޭ ފަސް މެންބަރުންގެ ސޮޔާ އެކު މުގައްރިރުކަމުން އާމިރު ވަކިކުރަން ހުށަހަޅާފައި ވަނީ އަމިއްލަ އަށް އިސްނަގައިގެން ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ނުގެންދާކަމަށް ބުނެ އެވެ. އަދި މަޖިލީހުގެ އެހެން ކޮމެޓީތަކާ އަޅާ ބަލާއިރު ގަވައިދު ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ނުގެންދާ ކަމަށާއި ބައްދަލުވުންތައް މަދު ކަމަށްބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

މިއީ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 17 ދާއިމީ ކޮމިޓީގެ ތެރެއިން އެމްޑީޕީގެ މެންބަރަކު ނޫން އެހެން ޕާޓީއެއްގެ މެންބަރަކު މުގައްރިރެއްގެ ގޮތުގައި އިންނަވާ ހަމައެކަނި ކޮމިޓީއެވެ. އަދި ކޮމިޓީއެއްގެ މުގައްރިރުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.

އާމިރު އިތުބާރު ނެތްކަމަށް ވޯޓުދެއްވީ 3 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށްވެސް ވޯޓް ދެއްވީވެސް 3 މެމްބަރުންނެވެ.

ވޯޓު އެއްވަރުވުމުން ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވި، ނައިބު މުގައްރިރު ވަނީ ހުށަހެޅުމަށް ގޮތެއް ނިންމުމަށް ބޭނުންވާ ވޯޓު ދެއްވައިފަ އެވެ. މެންބަރު ނަސީރު ވޯޓުދެއްވީ އާމިރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ނުފެންނަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355