twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޝަހީދު ހުސައިން އާދަމަކީ އުތުރުގެ ފަހުރެއް: ޔާސިރު

ނަބީލާ އިސްމާޢީލް
Nov 5, 2020
3

ޝަހީދު ހުސައިން އާދަމް އަކީ އުތުރުގެ ފަހުރެއް ކަމަށާއި 3 ނޮވެމްބަރުގައި ޝަހީދުވި ޝަހީދުންގެ ޖިހާދާއިމެދު ޝައްކު އުފައްދާ މީހުންގެ ގައުމިއްޔަތާއި މެދު ޝައްކުއުފައްދަވާ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެ އެވެ.

އިއްޔެ ކުރިއަށްދިޔަ މަޖިލިސް ޖަލްސާގައި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނަޝީޒު ހުށައެޅުއްވާފައިވާ އިންޝުއަރެންސްއާބެހޭ ބިލުގެ ބަހުސްގައި ވާހާކަ ދައްކަވަމުން ޔާސިރު ވިދާޅުވީ ސަރުކާރުން ހުށަހަޅުއްވާފައިވާ އިންޝުއަރެންސްއާ ބެހޭ ބިލު ގާނޫނަކަށް ވެގެން ދިޔުމުން ރައްޔިތުންނަށް ބޮޑު ލުޔެއް އަދި ފަސޭހަ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ގަބޫލުކުރަށްވާ ކަމަށާއި އެއާއެކީގައި އިންޝުއަރެންސްގެ ބިލަށް ވާހަކަދައްކާއިރުގައި، އިންޝުއަރެންސްއިން ވިޔަސް، އަދި އެހެން ކަމެއް ވިޔަސް ކުރިއަށްގެންދެވޭނީ މި ރާއްޖޭގައި މިނިވަން ގައުމެއްގެ ގޮތުގައި އޮވެގެން ކަމަށެވެ.

1153 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް 3 ފަހަރެއްގެ މަތިން ދިވެހިންގެ މިނިވަންކަން ގެއްލިފައިވާއިރު މިއިން ކޮންމެ ފަހަރެއްގައިވެސް މިނިވަންކަން އަނބުރާ ހޯދައިދީފައިވަނީ ދިވެހި ފަހުރުވެރި ދިވެހި ދަރިން ކަމަށް ޔަސިރު ވިދާޅުވި އެވެ.

އިތުރަށް ޔާސިރު ވިދާޅުވީ އެގޮތުން ނޮވެމްބަރ 3 ގައި ހިނގާދިޔަ ހާދިސާއިން ގައުމު މިއަދު މިއޮތް މިނިވަންކަމަށް ގެނައުމަށްޓަކައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަހުރުވެރި ސިފައިން ކަމަށެވެ. އަދި ޝަހީދު ހުސައިން އާދަމް އަކީ އުތުރުގެ ފަހުރެއް ކަމަށާއި އެ ބަތަލުންގެ ޖިހާދާމެދު ޝައްކު އުފައްދާ އެއްވެސް ފަރާތެއްގެ ގައުމިއްޔަތާ މެދު ޝައްކު އުފައްދާކަމުގައި ޔާސިރު ވިދާޅުވި އެވެ.

އެ ބަތަލުންނަށް ނިސްބަތްކޮށް ބަދުބަސް ބުނާ ބަޔަކީ ރާއްޖެ އަށާއި ދިވެހިންނަށް ބަދުބަސް ބުނާ ބަޔެއް ކަމަށް ޔާސިރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355