twitterviber whatsapp telegramfacebookyoutube instagram
18th June 2026

ތަކަންދޫ އަށް މަރުވެފައި އޮތް ބޮޑުމަހެއް ލައްގައިފި

ނަބީލާ އިސްމާޢީލް
Nov 7, 2020

ހއ. ތަކަންދޫއަށް މަރުވެފައި އޮތް 20 ފޫޓްގެ ބޮޑުމަހެއް ލައްގައިފި އެވެ.

ތަކަންދޫ ކައުންސިލްގެ ނައިބު ރައީސާ އައިޝަތު އާސިފާއާ ހަވާލާދީ އޮންލައިން ނޫސް އަވަސްގައި ވަނީ މިއަދު އެ ރަށަށް ލައްގާފައިވާ ބޮޑުމަސް ލައްގާފައިވަނީ ރަށުގެ ފުއްޓަރު ފަރާތަށް ކަމަށެވެ. އަދި މަސް އޮތީ މަރުވެ ވަރަށް ބޮޑަށް ކުނިވެސް ވެފައިކަމަށެވެ.

އެ މަސް ނައްތާލުމުގެ މަސައްކަތް ކުރުމަށް ވަސީލަތްތައް އެރަށުގައި ނެތް ކަމަށާއި އެމްއެންޑީއެފްގެ އެހީތެރިކަމަށް މިހާރު އެދިފައިވާނެ ކަމަށް އާސިފާ ވިދާޅުވި އެވެ.

ބޮޑުމަހެއް އެރަށަށް ލައްގާފައިވަނީ މިއަދު ހެނދުނު 10:15 ހާއިރު ކަމަށްވެސް އޭނާ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355