twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެމެރިކާގެ 46 ވަނަ ރައީސަކަށް ޖޯ ބައިޑެން އިންތިހާބު ވެއްޖެ

Nov 8, 2020

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާތަކުން 270 އަށްވުރެ ގިނަ އިލެކްޓޯރަލް ވޯޓު ހޯއްދަވައި، ޑިމޮކްރެޓް ކެނޑިޑޭޓް ޖޯ ބައިޑެން، ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ބައިޑެން ވަނީ 284 އިލެކްޓޯރަލް ވޯޓު ހޯއްދަވައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. އިންތިހާބު ކާމިޔާބު ކުރުމާއެކު ޖޯ ބައިޑެން ވެގެންދާނީ އެމެރިކާގެ 46 ހަވަނަ ރައީސް އަށެވެ

ބައިޑެން އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށާއި، ވޯޓުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ، އިދިކޮޅުން ވޯޓުން ވައްކަން ކޮށްފައިވާ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ޓާރން އައުޓް 1900 ގެ ފަހުން އެންމެ ގިނަވީ މި އަހަރުގެ އިންތިހާބުގައެވެ. އެގޮތުން މިހާތަނަށް ބައިޑެންއަށް 73 މިލިއަނަށްވުރެ ގިނަ ވޯޓް ލިބިވަޑައިގެންފައިވާއިރު، މިއީ މިހާތަނަށް އެ ގައުމުގެ ރިޔާސީ އިންތިހާބެއްގައި ކެނޑިޑޭޓަކަށް މިހާ ގިނަ ވޯޓު ލިބިވަޑައިގެންނެވި ފަހަރުކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާނު ކުރަމުންދިޔައިރު ޖޯ ބައިޑެން އާއި އެމެރިކާގެ މިހާރުގެ ރައީސް އަދި ރިޕަބްލިކެން ކެނޑިޑޭޓް ޑޯނަލްޑް ޓްރަމްޕް ދެމެދުގައި އޮތީ ކުޑަ ފަރަގެކެވެ. ރައީސް ޑޮނަލްޑް ޓްރަމްޕަށްވެސް ވަނީ 70 މިލިއަން ވޯޓެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު މޮނިޓާ ކުރާ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި މި އިންތިހާބުގައި ރެކޯޑު އަދަދަކަށް މީހުން ވޯޓު ދީފައިވެ އެވެ. އެގޮތުން ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 66.9 ޕަސެންޓު މީހުން ވޯޓު ދިން ކަމަށާއި އެއީ ފާއިތުވި 120 އަހަރު ތެރޭ އެހާވަރަށް ގިނަ މީހުން ވޯޓުގައި ބައިވެރިވި ފުރަތަމަ ފަހަރު ކަމަށް ޔޫއެސް އިލެކްޝަންސް ޕްރޮޖެކްޓްއިން ބުންޏެވެ. އެ ޕްރޮޖެކްޓުން ބުނި ގޮތުގައި މި އަހަރު އެގައުމުގައި ތިބި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 240 މިލިއަނަށް އަރަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355