twitterviber whatsapp telegramfacebookyoutube instagram
14th May 2025

އެހީގެ ގޮތުގައި ކުދި ވިޔަފާރިތަކަށް 316 މިލިއަން ރުފިޔާ ދޫކޮށްފި

ޚަދީޖާ އާދަމް
Nov 8, 2020

ކޮވިޑް19ގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްކަކަށް 316.7 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

މި ފައިސާ ދޫކޮށްފައިވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ 27 ގެ ނިޔަލަށް 1،955 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފަ އެވެ.

އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ 234 ވިޔަފާރިއަކަށް 53.7 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ އިރު ދަތުރުފަތުރުގެ ދާއިރާ އަށް 19.5 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވެ އެވެ.

އަދި އަމިއްލަ އަމިއްލަ މަސައްކަތްކުރާ 1،909 މީހަކު ވަނީ ލޯނު އެހީއަށް އެދިފަ އެވެ. އޭގެ ތެރެއިން 644 ފަރާތަކަށް، 19.2 މިލިއަން ރުފިޔާ ދޫކުރަން މިހާތަނަށް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކާއިރު މަސައްކަތްކުރާ 344 އަންހެނަކު ލޯނަށް އެދިފައިވެއެވެ. މީގެ ތެރެއިން 118 މީހަކަށް، ޖުމްލަ 3.5 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވެއެވެ.

ކޮވިޑާ ގުޅިގެން މިދިޔަ މަހު 27 ހަމައަށް 3،834 ފަރާތުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށާއި 636 ފަރާތެއްގެ އެޕްލިކޭޝަން އެކި ސަބަބުތަކާހުރެ ރިޖެކްޓް ކޮށްފައިވާކަން ފިނޭންސްގެ ތަފާސް ހިސާބުތަކުން ފެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355