twitterviber whatsapp telegramfacebookyoutube instagram
4th May 2024

ބަޖެޓް 2021: ކުޅުދުއްފުށި ސިޓީގެ ތަރައްގީއަށް 144 މިލިއަން ރުފިޔާގެ ހޭދައެއް، އަލަށް ފަށާ 14 މަޝްރޫއު

ޚަދީޖާ އާދަމް
Nov 10, 2020
15

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާއިރު ބަޖެޓުގައި ކުޅުދުއްފުށީގައި ތަރައްގީގެ މަޝްރޫއު ހިންގުމަށް ޖުމްލަ 28 ޕްރޮޖެކްޓަށް 141،081،609 (ސަތޭކަ ސާޅީސް އެއްމިލިއަން އައްޑިހަ އެއްހާސް ހަ ސަތޭކަ ނުވަ ރުފިޔާ) ކަނޑައަޅައިފި އެވެ. މީގެ އިތުރުން ތިން މިލިއަން ރުފިޔާ ލޯނު އެހީގެ ގޮތުގައި ކުޅުދުއްފުއްޓަށް ދޭން ބަޖެޓްގައި ހިމަނާފަ އެވެ.

އަންނަ އަހަރު ކުޅުދުއްފުށީގައި އަލަށް 14 މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވާއިރު މިހާރު ހިނގަމުންދާ 7 މަޝްރޫއެއްގެ ހިމަނާފައި ވެއެވެ. މީގެ އިތުރުން ރިޓެންޝަންގެ ގޮތުގައި 2 މަޝްރޫއެއް އަދި ޓެންޑަރިންގެ ގޮތުގައި 3 މަޝްރޫއެއްގެ އިތުރުން ޕްރީޓެންޑަރިންގެ ގޮތުގައި 2 މަޝްރޫއެއް ހިމަނާފައި ވެއެވެ.

އަލަށް ފަށަން ބަޖެޓްގައި ހިމެނި މަޝްރޫއުތައް:

  • މަގުތަކުގައި ސްޕީޑް ބްރޭކަރ ހަރުކުރުން
  • ފަޔަރ ސްޓޭޝަން ވެހިކަލް ގަރާޖް އެކްސްޓެންޝަން
  • ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ގާއިމްކުރުން
  • އަފީފުއްދީން ސްކޫލް 8 ކްލާސް ރޫމް އިމާރާތް އެޅުން
  • ހދ އޭއީސީ އޮފީސް އިމާރާތް އެޅުން
  • ޖަލާލުއްދީން ސްކޫލް 8 ކްލާސް ރޫމް އިމާރާތް އެޅުން
  • ސްޓޭޓް އޮފް އާރޓް ޓިވެޓް އިންސްޓިޓިއުޝަން ގާއިމްކުރުން
  • އާ ޓާޝަރީ ހޮސްޕިޓަލް ގާއިމްކުރުން
  • ހޮސްޕިޓަލުގައި އީއާރާއި އިތުރުން 10 ކޮންސަލްޓޭޝަން ރޫމް ހެދުން
  • ކުޅުދުއްފުށީގައި ދަމަނަވެށި ގާއިމުކުރުން
  • ސިންތެޓިކު ޓްރެކް ތަރައްގީކުރުން
  • ވޮލީ ކޯޓެއް ތަރައްގީކުރުން
  • ފެން ހިންދާ ނިޒާމް ތަރައްގީކުރުން
  • އޮފީސް ކޮމްޕްލެކްސް އިމާރާތްކުރުން

އަލަށް ފަށަން ނިންމާފައިވާ މަޝްރޫއުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ޓާޝަރީ ހޮސްޕިޓަލްގެ މަޝްރޫއު އާއި ޓިވެޓް އިންސްޓިޓިއުޝަންއެއް ގާއިމުކުރުމަށް ހިމެނި މަޝްރޫއު އެވެ.

އާ ޕްރޮޖެކްޓްގެ ގޮތުގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމަށާއި ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ގާއިމް ކުރުމަށްވެސް ބަޖެޓްގައި ހިމަނާފައިވާއިރު މިއީ ވަރަށް މުހިންމު ދެ ޕްރޮޖެކްޓްކަން ފާހަގަކުރެވެ އެވެ.

ޓެންޑަރިންގެ ގޮތުގައި ހިމަނާފައިވާ މަޝްރޫއުތައް:

  • އައުޓް ޑޯ ޖިމް ގާއިމްކުރުން
  • ހިއްކި ސަރަހައްދުގައި އަޅަން ފަށާފައިވާ 105 ހައުސިން ޔުނިޓް ނިންމުން
  • މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް ރެސިލިއަންސް ޕްރިޖެކްޓް

ހިއްކި ސަރަހައްދުގައި 2010 އަހަރު އަޅަން ފެށި ރޯހައުސްތައް ފަހުން އައި ސަރުކާރުންތަކުން އަޅާނުލުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ވީރާނެ ބޮޑު މަރާމާތަށް ބޭނުންވެފަ އެވެ. އެ ރޯހައުސްތައް މަރާމާތުކުރަން ބަޖެޓްގައި ހިމެނިގެން ދިޔުމަކީ ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމެކެވެ.

ޕްރީޓެންޑަރިންގެ ގޮތުގައި ހިމަނާފައިވާ މަޝްރޫއުތައް:

  • ކުޅުދުއްފުށީ މަގުހެދުން ފޭސް 2
  • މަގުބައްތި ޖެހުން (މަގުހެދުގެ މަޝްރޫއު ކުރިއަށް ގެންދާ ހުރިހާ ރަށެއްގައި)

މަގު ހެދުމުގެ މަޝްރޫއުއަކީ 2010 ވަނަ އަހަރުގެ ފަހު ކޮޅު ފެށި މަޝްރޫއުއެއް ނަމަވެސް މިހާތަނަށް އައިއިރު ކުޅުދުއްފުށީގައި ޒަމާނީ ފެންވަރަކަށް ތަރައްގީކުރެވިފައިވަނީ ނިސްބަތުން ވަރަށް މަދު މަގުތަކެވެ.

މާލެ ފިޔަވާ އެންމެ ގިނަ ވެހިކަލް ދުއްވާ ކުޅުދުއްފުށީގެ މަގުތަކަކީ ވަރަށް ބޮޑަށް ހަލާކުވެފައިވާ މަގުތަކެވެ. އެހެންވެ މަގުތައް ހެދި އަވަސް ހައްލެއް ލިބިގެން ދިޔުމަކީ ރައްޔިތުންގެ ނުހަނު ބޭނުންވާ ކަމެކެވެ.

ކުޅުދުއްފުށީގައި މިހާރު ހިނގަމުންދާ މަޝްރޫއު:

  • ހދ އޭއީސީގެ 12 ކުލާސް ރޫމް
  • ޓާޝަރީ ހޮސްޕިޓާ ތަރައްގީކުރުން
  • ފުޓްބޯޅަ ދަނޑުތަރައްގީކުރުން
  • އެއާޕޯޓް ގާއިމުކުރުން
  • 40 ހައުސިންގ ޔުނިޓް ނިންމުން
  • ހާބަރ އެކްސްޓެންޝަން ޕްރޮޖެކްޓް
  • ފްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓް

ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވާ ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓާ ގާއިމް ކުރުމަށެވެ. އެއީ 22،500،000 ރުފިޔާއެވެ. މީގެ އިތުރުން މީހަރު ހިނގަމުންދާ މަޝްރޫއެއްގެ ގޮތުގައި ހިމަނާފައިވާ ކުޅުދުއްފުށީ އެއާޕޯޓު ގާއިމްކުުރުމުގެ މަޝްރޫއަށް 21،504،818 ރުފިޔާ، ކުޅުދުއްފުށީ ހާބަރ އެކްޓެންޝަން ޕްރޮޖެޓަށް 20،644،868 ރުފިޔާ ހިމަނާފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355