twitterviber whatsapp telegramfacebookyoutube instagram
29th August 2025

ޝަހީދު ހުސައިން އާދަމްގެ މައިންބަފައިންނަށް ހިލޭ ކޭބަލް ޓީވީ ބެލޭނެގޮތް މީޑިއާނެޓުން ހަމަޖައްސައިފި

ނަބީލާ އިސްމާޢީލް
Nov 12, 2020
5

3 ނޮވެމްބަރުގެ ބަތަލް، ޝަހީދު ހުސައިން އާދަމްގެ މައިންބަފައިންނަށް ކޭބަލް ޓީވީގެ ހިދުމަތް ހިލޭ ބެލޭނެގޮތް ރާއްޖޭގައި އެންމެ ފުޅާކޮށް މިހިދުމަތް ދެމުން އަންނަށް މީޑިއާ ނެޓުން ހަމަޖައްސައިފި އެވެ. މީޑިއާނެޓުން މިކަން ކޮށްފައިވަނީ ކުޅުދުއްފުށީގައި މީޑިއާ ނެޓުގެ ހިދުމަތް ދެމުން އަންނަ ޗޮއިސް އެންޑް ޕްލަސްއާ ގުޅިގެންނެވެ.

ޗޮއިސް އެންޑް ޕުލަސްއިން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ޝަހީދު ހުސެއިން އާދަމްގެ މައިންބަފައިންނަށް ކޭބަލް ޓީވީގެ ހިދުމަތް ހިލޭ ފޯރުކޮށްދޭން ނިންމީ ޝަހީދު ހުސައިން އާދަމް ޤަޢުމުގެ މިނިވަންކަމުގެ ދިފާއުގައި ވީ ޤުރުބާނީގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

ޗޮއިސް އެންޑް ޕްލަސްއިން ބުނީ އެ އާއިލާއަށް މިކަހަަލަ އެހީއެއް ވެދިނުމަކީ އެ ކުންފުންޏަށް ލިބޭ ޝަރަފެއް ކަމުގައި ކަމަށާއި އަދި ކުރިއަށް އޮތްތަނުގައިވެސް އެ ކުންފުނީގެ އެހީތެރިކަން މި ފަދަ ކަންކަމުގައި ލިބޭނެ ކަމަށެވެ.

ޝަހީދު ހުސައިން އާދަމް އަކީ ދިވެހި ގައުމަށްޓަކައި 3 ނޮވެމްބަރ 1988 ގައި ދިވެހި ޤައުމުގެ ދިފާއުގައި ހަނގުރާމަކޮށް ޝަހީދުވި ކުޅުދުއްފުށީ ދަރިއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355