twitterviber whatsapp telegramfacebookyoutube instagram
20th April 2024

މަޑިވަރު އެއާޕޯޓްގެ ހިދުމަތް އަންނަ އަހަރު ފަށަނީ

Nov 14, 2020
2

ޅ. މަޑިވަރުގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓްގެ މަސައްކަތް ނިންމައި، އަންނަ އަހަރު ހިދުމަތް ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެއް ހަމައެއްގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތައް ކުރާކަމަށެވެ. އެގޮތުން މަސައްކަތް ފަށާފައި ނުނިމި ހުރި އެއާޕޯޓްތަކުގެ ތެރެއިން ކުޅުދުއްފުއްޓާއި މާވަރުލު އެއާޕޯޓްގެ މަސައްކަތް މުޅިން ނިންމައި ޝެޑިއުލް ދަތުރުތައް ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހޯރަފުށީ އެއާޕޯޓް ހިދުމަތް މި ހަފްތާ ފެށުމުގެ ތައްޔާރީތައްވެފައިވާ ކަމަށާއި މަޑިވަރު އެއަރޕޯޓްގެ މަސައްކަތް މުޅިން ނިންމައި އަންނަ އަހަރު ހިދުމަތް ފަށާނެކަމަށެވެ.

ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރާ މަޑިވަރު އެއާޕޯޓަކީ ދިވެހި ކުންފުންޏެއްކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއިން އާއިހަވާލުކޮށްގެން ހަދާ އެއާޕޯޓެކެވެ. ކުރެއްދޫ ހޯލްޑިންގްސްއިން އެއާޕޯޓްގެ އަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާއެވެ.

މަޑިވަރު އެއާޕޯޓުގައި ތަރައްޤީކުރަނީ 1200މީޓަރުގެ ރަންވޭއެވެ. މަސައްކަތުގެ ސްކޯޕްގައި ޓާމިނަލާއި، އެއާ ކްރާފްޓްތައް ޕާކުކުރުމަށް ހާއްސަ ސަރަޙައްދާއި، ފަޔަރ ބިލްޑިންގ ހިމެނެއެވެ. މި މަސައްކަތުގައި މަޑިވަރުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުންވެސް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355