twitterviber whatsapp telegramfacebookyoutube instagram
12th May 2026

ބިލެއްފައްސާއި ތުޅާދޫ އަދި މުލީގައި އެއާޕޯޓު އަޅަނީ

ޚަދީޖާ އާދަމް
Nov 14, 2020

ބ.ތުޅާދު އާއި ށ. ބިލެތްފައްސާއި މ. މުލީގައި އެއާޕޯޓް އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ތިން ރަށެއްގައި އެއާޕޯޓް އަޅަން ޕްލޭންކޮށް، އަންނަ އަހަރު ދެ ރަށެއްގައި މަސައްކަތް ފަށާނެ ކަމަށެވެ. އަންނަ އަހަރު މައްސަކަތް ފެށުމަށް ހަމަޖެހިފައިވަނީ ބިލެތްފައްސާއި މުލީގަ އެވެ. އަދި ތުޅާދު އަށް ޕްލޭނެއް އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން ވެސްް ވިއްސަކަށް މިނެޓް ތެރޭގައި ދެވޭ ހިސާބުގައި އެއާޕޯޓެއް ބާއްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަނޑައެޅި ސިޔާސަތު މިސަރުކާރުން ދަމަހައްޓާނެ ކަަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓިއެއްގައި ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވެފައި ވަނީ ރާއްޖޭގެ ކޮންމެ ދާއިރާއެއްގައި ވެސް ވިއްސަކަށް މިނެޓުން ދެވޭ އެއާޕޯޓެއް އޮތުމަކީ ކުރީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މިސަަރުކާރުން ބަލައިގަނެފައިވާ ސިޔާސަތެކެވެ.

އެ ސިޔާސަތާ ބެހޭ ގޮތުން ނަހުލާ ވިދާޅުވީ މުލީގައި އެއާޕޯޓް އަޅާފައި ހދ. މަކުނުދުއަށް ވައިގެ ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސީމާ އެކަން ގާތްގަނޑަކަށް ހާސިލުވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355