twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޒުވާނެއްގެ ހިތްވަރުން ނައިވާދޫގައި މޫދު ކުޅިވަރު ތައާރަފްކޮށްފި

ނަބީލާ އިސްމާޢީލް
Nov 15, 2020

ޒަމާނުންސުރެން ދިވެހިންނަކީ މޫދުގެ ހަރަކާތްތަކާއި ގުޅިލާމެހިފައިވާ ބަޔެކެވެ. އެހެން ނުވާންވީ ސަބަބެއްވެސްނެތެވެ. ރާއްޖޭގެ ކޮންމެ ރަށެއްގެވެސް ވަށައި މިވަނީ މޫދެވެ. އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފެނީ މަދު ރަށެއްގަ އެވެ.

އެ ގޮތުން ހދ. ނައިވާދޫގައި މޫދު ކުޅިވަރު ތައާރަފު ކުރުމާއިގުޅިގެން އެ ރަށުގައި މިވަނީ އިތުރު ފޯރިއެއް އުފެދިފަ އެވެ. ނައިވާދޫގައި މޫދު ކުޅިވަރު ތައާރަފު ކޮށްފައިވަނީ އެ ރަށުގެ ޒުވާނެއް ކަމަށްވާ މަންސޫރު އަލީ އެވެ.

މަންސޫރު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ މި މަސައްކަތަކީ ނައިވާދޫއަށް އެހެން ރަށްރަށުން ޕިކްނިކް އަންނަ ފަރާތްކަށް ވެސް މޫދު ކުޅިވަރުގެ ހިދުމަތްތައް ކުޑަ އަގެއްގައި ލިބިގެންދާނެ ކަަމެއް ކަމަށެވެ.

ނައިވާދޫގައި މޫދު ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ ބަނާނާ ރައިޑް، ފަން ޓިޔުބް ރައިޑްގެ އިތުރުން ވޭކްބޯރޑިން އަދި ކައިޓް ސާފިންގެ ހަރަކާތް ތަކެވެ.

މީގެ އިތުރުން އޭނާ ބުނީ ޖެޑްސްކީ ފަދަ މީހުން ގަޔާވާ ގިނަ ކުޅިވަރުތައް ކުރިއަށް އޮތްތަނުގައި ރައާރަފް ކުރާނެ ކަމުގައެވެ. މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިހިދުމަތް އެ ރަށުން ލިބެމުން އަންނައިރު ބުކިން ހެއްދުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 9728336 އަށް ނުވަތަ ނައިވާދޫ މޫދު ކުޅިވަރު އެފްބީ ޕޭޖުން ލިބޭނެ ކަމަށެވެ.

ނައިވާދޫ ވެފައިވަނީ ފަހަކަށް އައިސް ގިނަ ބަޔަކު ދަތުރުދާ ރަށަކަށްވެފަ އެވެ. އެގޮތުން ކުޅުދުއްފުށީ މީހުންގެ މެދުގައިވެސް އެރަށް އަންނަނީ މަގުބޫލުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355