twitterviber whatsapp telegramfacebookyoutube instagram
21st May 2024

15 ރަށެއްގެ ފެނާއި ނަރުދަމާ އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ގާއިމްކުުރުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

ޚަދީޖާ އާދަމް
Nov 15, 2020
2

15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު (އެމްޑަބްލިއުއެސް) އާއި މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

މި މަޝްރޫއުތައް އެމްޑަބްލިއެސްއާއި ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ނެވެ. މި މަޝްރޫއުތަކަށް 1,306,632,559.32 (އެއްބިލިއަން ތިންސަތޭކަ ހަ މިލިއަން ހަ ސަތޭކަ ތިރީސް ދެހާސް ފައްސަތޭކަ ފަންސާސް ނުވަ ރުފިޔާ، ތިރީސް ދެ ލާރި ހަރަދުވާނެ ކަމަށް މިނިސްޓްރީ މައުލޫމާތު ދެއެވެ.

ފެނާއި ނަރުދަމާ ގާއިމް ކުރާ 15 ރަށަކީ:

- އއ. ފެރިދޫ: 69,325,662.41 ރުފިޔާ
- އއ. ހިމަންދޫ: 65,834,544.82 ރުފިޔާ
- ބ. ކަމަދޫ: 56,662,399.46 ރުފިޔާ
- ބ. މާޅޮސް: 60,448,081.38 ރުފިޔާ
- ހއ. މާރަންދޫ: 72,808,185.71 ރުފިޔާ
- ހއ. ތަކަންދޫ: 76,745,355.54 ރުފިޔާ
- ހއ. ވަށަފަރު: 78,920,432.80 ރުފިޔާ
- ހދ. ހިރިމަރަދޫ: 69,140,251.05 ރުފިޔާ
- ހދ. ކުމުންދޫ: 102,170,029.15 ރުފިޔާ
- ށ. ގޮއިދޫ: 86,048,775.52 ރުފިޔާ
- ނ. މާފަރު: 94,416,435.25 ރުފިޔާ
- ނ. ފޮއްދޫ: 58,147,625.89 ރުފިޔާ
- ރ. ފައިނު: 63,344,370.14 ރުފިޔާ
- ޅ. އޮޅުވެލިފުށި: 80,082,362.13 ރުފިޔާ
- އދ. ކުނބުރުދޫ: 45,122,815.45 ރުފިޔާ

ފެނުގެ ނިޒާމް ގާއިމް ކުރާ ރަށްތަކަކީ؛

- އއ. މަތިވެރީ: 38,829,270.78 ރުފިޔާ
- ހއ. މުރައިދޫ: 46,850,266.20 ރުފިޔާ
- ށ. ފީވަކު: 49,603,418.19 ރުފިޔާ
- ނ. ހެނބަދޫ: 41,360,972.02 ރުފިޔާ
- ރ. އިންނަމާދޫ: 50,771,305.44 ރުފިޔާ

ފެން އަދި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ވިޔުގަ އެޅުމާއި އާރުއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބެހެއްޓުމާއި ނަރުދަމާގެ ޕަމްޕު ސްޓޭޝަން ގާއިމްކުރުމުގެ އިތުރުން ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކުރުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355