twitterviber whatsapp telegramfacebookyoutube instagram
14th May 2025

އެޗްއީއޯސީގެ މަސައްކަތް ހަރުދަނާ ކުރުމަށް ޔުނިސެފުން ލެޕްޓޮޕާއި ކޮވިޑް ޓެސްޓު ކިޓު ހަދިޔާ ކޮށްފި

ޚަދީޖާ އާދަމް
Nov 17, 2020

ޔުނިސެފުން ރާއްޖެއަށް 46 ލެޕްޓޮޕާއި 5،000 ޕީސީއާރު ޓެސްޓުކިޓު ހަދިޔާކޮށްފި އެވެ.

މިއީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ހަރުދަނާ ކުރުމަށާއި ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް ޔުނިސެފް އިން ހަދިޔާ ކުރި ތަކެއްޗެވެ.

ކޮވިޑަށް ޓެސްޓުކުރާ ޕީސީއާރު ކިޓްތަކާއެކު ބަލިޖެހިފައިވާ މީހުން ދެނެގަތުމަށް ކުރާ މަސައްކަތަށް އިތުރު ފަސޭހައެއް އަންނާނެ ކަމަށްވެސް އެ ޖަމްއިއްޔާ އިން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް19 އާއި ދެކޮޅަށް ކުރާ މަސައްކަތުގެ އެންމެ އިސް މަރުކަޒަކީ އެޗްއީއޯސީ ކަމަށާއި އެ ޖަމްއިއްޔާ އިން ހަދިޔާކުރި ލެޕްޓޮޕްތަކާއެކު އެޗްއީއޯސީގައި މަސައްކަތްކުރާ ގުރޫޕުތަކުގެ މަސައްކަތް އިތުރަށް ހަރުދަނާވެ ފަސޭހަވެގެންދާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ޔުނިސެފުން އެޗްއީއޯސީ އަސް އިއްޔެ ހަދިޔާކުރި ތަކެތީގެ އަގު 1.7 މިލިއަން ރުފިޔާއަށްއަރައެވެ. އެ ޖަމްއިއްޔާ އިން ވަނީ ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް 17 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355