twitterviber whatsapp telegramfacebookyoutube instagram
29th December 2025

އޮންލައިން ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޚަދީޖާ އާދަމް
Nov 17, 2020

ޕާކިސްތާނުގެ ޔުނިވާސިޓީތަކެއްގައި އޮންލައިންކޮށް ހިންގާ ސްޓެމް ފީލްޑް އާއި ގުޅުން ހުރި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި އެވެ.

ސްޓޭމް ފީލްޑަކީ ސައިންސް އެންޑް ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތްގެ ދާއިރާ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޕާކިސްތާންގެ ކޮމްސްޓެކް އާއި ލާތިފް އިބްރާހިމް ޖަމާލް ނޭޝަނަލް ސައިންސް އިންފޮމޭޝަން ސެންޓަރާއި، ޔުނިވާސިޓީ އޮފް ކަރާޗީން ހިނގާ ސްޓެމް ފީލްޑް އާއި ގުޅުން ހުރި އޮންލައިން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހުގައި ބައިވެރިވުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ޔުނިވާސިޓީއެއްތޯ އާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ވެސް ހަޔާ އެޑިއުކޭޝަނުން ވަނީ އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355