twitterviber whatsapp telegramfacebookyoutube instagram
6th May 2024

ކޮވިޑާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު މާޗު 6 ވަނަ ދުވަހު ބާއްވަނީ

ނަބީލާ އިސްމާޢީލް
Nov 18, 2020

ކޮވިޑް-19 އާ ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ކޮވިޑާއި ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހެއް އީސީއިން އިއުލާން ކުރާނީ ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް އިއުލާން ކުރުމުން ކަމަށެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީހު ކަނޑައެޅުން ހާއްސަ ގާނޫނުން ލާޒިމްކުރަނީ، ކޮވިޑާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިސްފައިވާ ކަމަށް ސަރުކާރުން އިއުލާނުކުރާތާ ހަތް ދުވަހުގެ ތެރޭގައި ކަމަށެވެ.

ގާނޫނުގައި އެހެން އޮތް ނަމަވެސް، އިންތިހާބުގެ ކަންކަމަކީ ކުއްލިއަކަށް ނިންމޭނެ ކަންކަމަށް ނުވާތީ، އެކަމަށް ދުރާލާ ތައްޔާރުވެ، ޝެޑިއުލް ހަދާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ގާނޫނު ބުނާ ގޮތުންނަމަ އިންތިހާބު ބާއްވަން ޖެހޭ ތާރިހު އަންނަނީ ރޯދަ މަހަށް ކަމަށް ވުމުން އީސީގެ ވިސްނުމަކީ ރޯދަ މަހުގެ ކުރިން އިންތިހާބު ބޭއްވުން ކަމަށް ވިދާޅުވަމުން ޝަރީފް ވިދާޅުވީ ރޯދަ މަހު އިންތިހާބު ބާއްވާނަމަ ވަރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވާނެ ކަމަށާއި، އެގޮތުން ކެމްޕެއިން ކުރުމަށްވެސް ރޯދަ މަހުގެ ތެރޭގައި ދަތި ވާނެ ކަމަށެވެ.

އިންތިހާބާ ގުޅޭ ހާއްސަ ގާނޫނު ބުނާގޮތުން ރައީސް ބިލް ތަސްދީގުކޮށް ގާނޫނަކަށް ވާތާ އެއް އަހަރުގެ ތެރޭގައި އިންތިހާބު ބާއްވާ ނިންމަން ޖެހެއެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވާނީ، ކެންޑިޑޭޓުންނަށް ކެމްޕޭނު ކުރުމަށް ގާނޫނުން ދިނުން ލާޒިމުކުރާ މުއްދަތު ދިނުމަށްފަހުގައި ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރުވަނީ ދައްމާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355