twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަންހެނެއްގެ ލޮލުގައި އުފެދިފައިވާ މަސްކޮޅެއް ކެހުމަށް ކުރި ކާމިޔާބު އޮޕަރޭޝަނެއް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކޮށްފި

- މިއީ މިފަދަ އޮޕަރޭޝަނެއް އެ ހޮސްޕިޓަލްގައި ކުރި ފުރަތަމަ ފަހަރު

އަބްދުލް ވާހިދު ޙަސަން
Nov 18, 2020
1

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ލޮލުގެ ކާމިޔާބު ބޮޑު އޮޕަރޭޝަނެއްކޮށް އަނެއްކާވެސް ތާރީހުން ޖާގަ ހޯދައިފި އެވެ. މިއީ ލޮލުގައި އުފެދިފައިވާ މަސްކޮޅެއް ކެހުމަށް އެ ހޮސްޕިޓަލުގައި ކުރި ފުރަތަމަ އޮޕަރޭޝަނެވެ.

ހދ ކުމުންދޫއަށް ނިސްބަތްވާ 46 އަހަރުގެ އަންހެނެއްގެ ލޮލުގައި އުފެދިފައިވާ މަސްކޮޅެއް ކެހުމަށްފަހު، ލޮލުގެ އެހެން ސަރަހައްދަކުން ގުރާފްޓް ނަގައި ލެއްވުމުގެ ކާމިޔާބު މި އޮޕަރޭޝަންކޮށްފައިވަނީ އެ ހޮސްޕިޓަލްގެ ލޮލުގެ ބަލިތަކުގެ ހަމައެކަނި ޑޮކްޓަރު ރާޝިމް ތާކުރެވެ.

ކާމިޔާބު މިއޮޕަރޭޝަނާ ގުޅިގެން ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ވިދާޅުވީ، މިފަދަ އޮޕަރޭޝަންތައްވެސް ކުރަން މީގެ ކުރިން ބަލި މީހުން ފޮނުވަނީ މާލެ ކަމަށާއި ނަމަވެސް ކުރިއަށް އޮތްތަނުގައި ލޮލުގެ މިފަދަ އޮޕަރޭޝަންތައް ކުރެވޭވަރުގެ ގާބިލްކަން ހޮސްޕިޓަލަށް ލިބިގެންދިޔުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަން އަހުމަދު ފާހަގަކުރެއްވި އެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން ކޭއާރުއެޗަށް ދާދިފަހުން ވަނީ ގިނަ އަދަދެއްގެ މެޝިނަރީޒް ފޮނުވާފަ އެވެ. އެގޮތުން ލޮލުގެ މި އޮޕަރޭޝަންވެސް ކުރެވިގެން މިދިޔައީ ލޮލުގެ ޑިޕާޓްމަންޓަށް އަލަށް ލިބުނު މެޝިނަރީޒް އެހީގައި އެވެ.

އަހުމަދު ވިދާޅުވީ، ލޮލުގެ އެކި މައްސަލަތަކުގައި ގިނަ އަދަދެއްގެ މީހުން އެ ހޮސްޕިޓަލަށް ދައްކާ ކަމަށާ މި ލިބިގެންދިޔަ ކާމިޔާބީއާއެެކު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. ލޮލުގެ އެކި މައްސަކަތަކުގައި މަހެއްގެ މައްޗަށް ގާތްގަނޑަށް އެ ހޮސްޕިޓަލަށް 600 އެއްހާ މީހުން ދައްކަ އެވެ.

އެކަމަކު އެ ހޮސްިޓަލްގައި ލޮލުގެ ބަލިތަކަށް ހާއްސަ ހުންނަވަނީ އެންމެ ޑޮކްޓަރެކެވެ. ޑރ ރާޝިމް ތާކުރު ފާހަގަކުރެވެނީ ބަލި މީހުންނާ ގާތް ގުޅުމެއް އޮންނަ ހިތްހެޔޮ ޑޮކްޓަރެއްގެ ގޮތުގައި އެވެ. އަދި އޭނާއަކީ އެ ހޮސްޕިޓަލްގައި އެންމެ ގިނަ މީހުން ބަލައި އެއް ޑޮކްޓަރުވެސްމެ އެވެ.

މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ކޭއާރުއެޗުން އަންނަނީ ކާމިޔާބު ގިނަ އޮޕަރޭޝަންތަކެއް ކުރަމުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް އޮޕަރޭޝަންތަކަށް ބަލާއިރު ޒުވާނެއްގެ ރަހިމުން ބޮޑު ސިސްޓެއް ނަގާފައިވާއިރު ހަކުރު ބަލީގެ މީހެއްގެ ހާނިޔާ ނެގުމުގެ ބޮޑު އޮޕަރޭޝަނެއްވެސް ކޮށްފަ އެވެ.

މީގެ އިތުރުން ފުރަތަމަ ފަހަރަށް އެ ހޮސްޕިޓަލްގައި ވަނީ ޕްލޭޓް ލައްބވައިގެން މީހެއްގެ ފައިގެ ކުޑަހުޅު ކަށިގަނޑެއް ގުޅުވަން އޮޕަރޭޝަނެއްވެސް ކޮށްފަ އެވެ. އަދި 28 ހަފްތާގައި ވިހޭ ކުއްޖަކަށް ފަރުވާދީ އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްދީފަވެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެ ހޮސްޕިޓަލުން އެވްރެޖްކޮށް ދުވާލަކު 400 އަށްވުރެގިނަ މީހުން ހިދުމަތް ހޯދަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355