twitterviber whatsapp telegramfacebookyoutube instagram
8th June 2026

ޖިނާއި މަސައްލަތައް ބެލުމަށް މީރާއިން އަމަލުކުރާނެ ގަވައިދު އާންމުކޮށްފި

ޚަދީޖާ އާދަމް
Nov 18, 2020

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އަމަލު ކުރާނެ އިޖުރާއަތުގެ ގަވައިދު ގެޒެޓުކޮށްފި އެވެ.

މި ގަވައިދަކީ މީރާގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ޓެކުހާ ގުޅޭ ޖިނާއީ ތަހުގީގުތައް ކުރިއަށްގެންދިޔުމުގައި މީރާއިން އަމަލު ކުރާނެ އުސޫލުތައް ބަޔާންކޮށްފައިވާ ގަވައިދެކެވެ.

އެގޮތުން ޓެކްސްއާ ގުޅޭ ކުށެއް ކޮށްފިކަން، ނުވަތަ ކުރަމުންދާކަން، ނުވަތަ ކުރަން އުޅޭ ކަމުގެ މައުލޫމާތު މީރާއަށް ހުށަހެޅުމުން މިރާއިން އަމަލު ކުރާނެ ގޮތާއި، މައްސަލަ ހުށަހެޅުމުގައި އަމަލު ކުރާނެ ގޮތް ގަވައިދުގައި ބަޔާންކޮށްފައި ވެއެވެ.

އަދި މީރާއިން ހިންގާ ތަހުގީގުތަކަށް މީހުން ހާޒިރުކޮށް ސުވާލު ކުރުމުގައި އަމަލު ކުރަން ޖެހޭނެ ގޮތާ ތަހުގީގު ކުރުމުގެ ތެރެއިން ބަލައިފާސްކުރުމާއި ތަކެތި ހިފެހެއްޓުމުގައި އަމަލު ކުރާނެ އުސޫލުތަކާއި، ޕާސްޕޯޓު ހިފެހެއްޓުމާއި، ބޭންކް އެކައުންޓު މޮނިޓާ ކުރުމާއި، އެކައުންޓުގައި ހުންނަ ފައިސާ ހިފެހެއްޓުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައްވެސް ބަޔާންކޮށްފައިވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355