twitterviber whatsapp telegramfacebookyoutube instagram
2nd November 2025

އީސީގެ ނައިބް ރައީސް މަގާމުން ވަކިކުރަން ނިންމައިފި

ނަބީލާ އިސްމާޢީލް
Nov 19, 2020

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އަހުމަދު އަކްރަމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީއިން އެގޮތަށް ފާސްކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ އަންހެން މުވައްޒަފުންތަަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލަތަކެއް އެ ކޮމިޝަނުގެ މުވައްޒަފަކު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުމުން އެމައްސަލަ ބެލުމަށް ފަހު އެވެ.

ކޮމިޝަންގެ މުވައްޒަފުން ދިން މައުލޫމާތުގެ އިތުރުން އަކްރަމާއި ކޮމިޝަނުގެ އެހެން މެމްބަރުން ވެސް ކޮމިޓީއަށް ހާޒިރުކޮށް ވަނީ މައުލޫމާތު އޮޅުން ފިލުވާފައެވެ.

އޭނާ ވަކިކުރަން ފާސްކޮށްފައިވަނީ ބުދަ ދުވަހުގެ ބައްދަލުވުމުގައި ބައިވެރި މެންބަރުންގެ ތެރެއިން އެއް މެންބަރަކު ފިޔަވާ އެހެން ހުރިހާ މެންބަރުންގެ ތާއީދާއި އެކުގައި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް އައްޔަން ކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގައެވެ. އިތުރު ދައުރަކަށް އޭނާ މަގާމަށް އައްޔަން ކޮށްފައިވަނީ މަޖިލީހުގެ 77 މެމްބަރަކު ވޯޓާއި އެކުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355