twitterviber whatsapp telegramfacebookyoutube instagram
4th May 2026

އިތުރު 15 ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި

ނަބީލާ އިސްމާޢީލް
Nov 19, 2020

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 15 ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި އެވެ.

މިޔާއި އެކު ނަން އަނބުރާ ނަގާފައިވާ ކެނޑިޑޭޓުންގެ އަދަދު ވަނީ 83 އަށް އަރާފަ އެވެ. އެއާއެކު ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގޮތުގައި މިވަގުތު ތިބީ 2،307 މީހެކެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ 1785 ފަރާތެކެވެ.

ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 8 ކެނޑިޑޭޓުންނާއި ޕީޕީއެމްގެ ހަތަރު ކެނޑިޑޭޓުންނާއި އަމިއްލަ ގޮތުން ކުރިމަތިލީ ދެ ކެނޑިޑޭޓުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއް ހިމެނެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ގައެވެ.

އަންނަ މާޗް ހަ ވަނަ ދުވަހު ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު އަންނަނީ ތައްޔާރީތައް ވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355