twitterviber whatsapp telegramfacebookyoutube instagram
27th September 2026

ބާރަށުގައި ފާހާނަ ސާފުކުރާ ފުޅިއެއް ބުއި ޒުވާނަކު މަރުވެއްޖެ

ޚަދީޖާ އާދަމް
Nov 20, 2020

ހއ ބާރަށުގައި ފާހާނަ ސާފުކުރާ ފުޅިއެއް ބުއި ޒުވާނަކު މަރުވެއްޖެ އެވެ.

އޭނާ މަރުވެފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

މަރުވެފައިވަނީ އެރަށު ނަލަހިޔާގެ އަހުމަދު ޖަމާލް (22އ) އެވެ.

އޭނާގެ ހާލު ސީރިއަސް ވެގެން ކުޅުދުފުއްޓަށް ގެނެސްފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތުއެވެ. ކޭއާރުއެޗަށް ގެންދެވުނު އިރުވެސް އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިއަދު ހެނދުނު 10:15 ގައި ކުޅުދުއްފުށީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293