twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ މިނިސްޓްރީންގެ ދަށުން ވަކިކުރަނީ

އަބްދުލް ވާހިދު ޙަސަން
Nov 21, 2020
7

އަތޮޅުތެރޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދަމުން އަންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ، ހެލްތް މިނިސްޓްރީގެ ދަށުން ވަކިކޮށް އެ ހޮސްޕިޓާ ހިންގުމަށް ބޯޑެއް އުފެއްދުމުގެ މަސައްކަތް ރައީސުލް ޖޫމްހޫރިއްޔާ ފައްޓަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހިމް ހޫދު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޮސްޕިޓާ ހިންގުން ހަރުދަނާކުރުމުގެ ބޯޑެއް އެކުލަވާލައި ހަވާލުކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ބޯޑު އެކުލަވާލުމުގެ މަސައްކަތް ކަމަށް ހޫދު ވިދާޅުވި އެވެ.

މި ނިންމުމާއެކު ކޭއާރުއެޗު ހިންގަމުން ގެންދާނީ މި ބޯޑުންގެ ދަށުންނެވެ. އަދި މާލީ ހިންގުމުގެ ނިޒާމުވެސް ބަލަހައްޓަން ޖެހޭނީ ސީދާ ހޮސްޕިޓަލުންނެވެ.

ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، ހޮސްޕިޓާ މިނިސްޓްރީގެ ދަށުން ނެގުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރަމުންދާ ކަމަށާ އެގޮތުން ފިނޭންސްގެ ޓީމެއް މިހާރު ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުންދާކަމަށެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ކޭއާރުއެޗު ވަކި ކުރި ނަމަވެސް ހޮސްޕިޓާ ހިންގަން ޖެހޭނީ ހެލްތު މިނިސްޓްރީ އިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އަދި ހޮސްޕިޓާ ހިންގަނީ ސިއްހީ ހިދުމަތް ދިނުމާއި ބެހޭ ގާނޫނުތަކާއި މިނިސްޓްރީން ކަނޑައަޅާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތިންތޯ ބެލުމަކީ ހެލްތު މިނިސްޓްރީގެ ޒިންމާއެކެވެ.

ބޯޑެއް އެކުލަވާލުމުން ހޮސްޕިޓާ ހިންގުމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ސީއީއޯއެއް ރައީސުލް ޖުމްހޫރިއްޔާ އަންޔަނުކުރައްވާނެ އެވެ. އަދި ބޯޑަށް މެމްބަރުންވެސް އަންޔަނުކުރައްވާނީ ރައީސް އޮފީހުންނެވެ.

ރައީސް ސޯލިހްގެ ވެރިކަމުގެ ދެ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގެ ތެރެއިން އެންމެ ފުރަތަމަ މިނިސްޓްރީގެ ދަށުން ވަކިކޮށް ހިންގަމުންދަނީ އައްޑޫ ހޮސްޕިޓަލެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ބަދަލުކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355