twitterviber whatsapp telegramfacebookyoutube instagram
20th April 2024

"އާޗާ ޕްރިޕެއިޑް" ގެ ނަމުގައި ޕްރިޕެއިޑް ޕްލޭންތަކެއް އުރީދޫން ތައާރަފްކޮށްފި

ނަބީލާ އިސްމާޢީލް
Nov 21, 2020

އެއް ފަހަރުން ރީޗާޖު ކޮށްލައިގެން ދިގު މުއްދަތަކަށް ބޭނުންކުރެވޭ ޕްރިޕެއިޑް ޕްލޭންތަކެއް އުރީދޫއިން ތައާރަފުކޮށްފި އެވެ.

"އާޗާ ޕްރިޕެއިޑް"ގެ ނަމުގައި އުރީދޫއިން ތައާރަފުކޮށްފައިވަނީ ތިން ޕްލޭނެކެވެ. އެއީ 3 މަހަށް ރީޗާޖުކޮށްލެވޭ، 6 މަހަށް ރީޗާޖުކޮށްލެވޭ އަދި 12 މަހަށް ރީޗާޖުކޮށްލެވޭ ޕްލޭންތަކެއް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އަލަށް ތައާރަފުކުރި ޕްރިޕެއިޑް ޕްލޭންތަކާއެކު ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބޭނެގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭންތަކެއް ކަމަށެވެ. އާޗާ ޕްރިޕެއިޑް އެކްޓިވޭޓް ކޮށްލުމުން އެއް ފަހަރާ ރީޗާޖުކޮށްލައިގެން 12 މަހާ ހަމައަށް ލުއިފަސޭހަކަމާއެކު ޑޭޓާ އެލަވެންސްގެ އިތުރުން ފްރީ ކޯލް އަދި ޓެކްސްޓް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕްލޭންގެ ދަށުން ކޮންމެ މަހަކު ޕެކޭޖުގައި ހިމެނޭ ޑޭޓާ އާއި ކޯލް އަދި ޓެކްސްޓް އާ ވެގެންދާނެ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

ނިޔާޒު ވިދާޅުވީ އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ އީޖާތީ ތަފާތު ޕްރޮޑަކްޓުތަކެއް ފޯރުކޮށްދީ، ލުއި ފަސޭހަ ކަމާއެކު ގިނަ ފައިދާތަކެއް ލިބޭ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރިކޮށްދިނުމަށް ކަމަށެވެ.

އަލަށް ތައާރަފުކޮށްފައިވާ ހިދުމަތުގެ ދަށުން އެންމެ ކުޑަ ޕެކޭޖަކީ ތިން މަހަށް ރީޗާޖުކުރެވޭ ޕެކޭޖެވެ. އެ ޕެކޭޖަށް ދައްކަން ޖެހޭނީ 750 ރުފިޔާ އެވެ. އާޗާ ޕްރިޕެއިޑްގެ ހަ މަހުގެ ޕެކޭޖަށް 1،500 ރުފިޔާ ދައްކަން ޖެހޭއިރު 12 މަހުގެ ޕެކޭޗަށް 3،000 ރުފިޔާ ދައްކަން ޖެހޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355