twitterviber whatsapp telegramfacebookyoutube instagram
18th March 2026

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލައިފި

ނަބީލާ އިސްމާޢީލް
Nov 22, 2020

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަލީ ވަހީދު މަގާމުން ވަކިކުރީ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އަލީ ވަހީދަށް ވަނީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އަދި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ. އަދި ގާނޫނުލް އުގޫބާތުގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެއް ވަނީ ކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ފެންމަތިވުމާ އެކު، ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވި އެވެ. ނަމަވެސް އިސްތިއުފާ ނުދެއްވުމުން ރައީސް ވަނީ މިިދިޔަ ޖުލައި، 9 ގައި އޭނާ މަގާމުން ވަކިކުރެއްވީ އެވެ.

މައްސަލައިގެ ތަހުގީގަށް އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕްވެސް ހިފަހެއްޓިއެވެ. އޭގެ އިތުރުން ޖުލައި 12 އިން ފެށިގެން އޭނާ ރާއްޖެއިން ފުރުންވެސް ވަނީ މަނާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355