twitterviber whatsapp telegramfacebookyoutube instagram
2nd February 2026

ކުޑަކަމުދާ ބަލިތަކުގެ ޑޮކްޓަރެއް ފުރަތަމަ ފަހަރަށް ކޭއާރުއެޗަށް

އަބްދުލް ވާހިދު ޙަސަން
Nov 23, 2020
4

ފުރަތަމަ ފަހަރަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދާއިމީކޮށް ކުޑަކަމުދާ ބަލިތަކުގެ ހާއްސަ ސްޕަރސްޕެޝަލިސްޓް ޑޮކްޓަރެއް ބަލި މީހުން ބަލަން ފަށައިފި އެވެ.

އެހޮސްޕިޓަލުން ބުނީ މި ހިދުމަތާއެކު މިސަރަހައްދުގެ ރައްޔިތުންނަށް އެ ހިދުމަތް ހޯދުމަށް އުފުލަން ޖެހޭ ތަކުލީފަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. މި ޑޮކްޓަރު ދުވާލަކު 15 މީހުން ބަލާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެޕޮއިންޓްމެންޓް ހެދުމަށް ކޮންމެ ދުވަހެއްގެވެސް 16:00 އިން ފަތިހު 6:00 އަކަށް، 6528864 ނަމްބަރު ފޯނާ ގުޅައިގެން ހެއްދޭނެކަމަށެވެ. ނުވަތަ 7887799 ނަމްބަރަށް އެސްއެމްއެސް ކުރެއްވުމަށް އެދެ އެވެ.

ކުޑަކަމުދާ ބަލިތަކުގެ ސްޕަރސްޕެޝަލިސްޓުންގެ ހިދުމަތާއެކު އެ ހޮސްޕިޓަލްގެ އޮނިގަނޑުގައި މިހާރު ތިން ސްޕަރ ސްޕެޝަލިސްޓުން ޑޮކްޓަރުން ހަމަޖެހިގެންދިޔައީ އެވެ.

އަތޮޅުތެރޭގެ ސަރަހައްދީ ހޮސްޕިޓާތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355