twitterviber whatsapp telegramfacebookyoutube instagram
15th June 2026

އީސީ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޚަދީޖާ އާދަމް
Nov 23, 2020

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފަސް މެމްބަރުން ތިއްބަވާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލީ އެ ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް އިސްތިއުފާ ދެއްވުމުންނެވެ.

މެންބަރުކަމަށް ކުރިމަތިލާން މިއަދު ހުޅުވަލާފައިވާއިރު ރައީސް އޮފީހުން ބުނި ގޮތުގައި އެ މަގާމަށް ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ، މި މަހުގެ 30 ވަނަ ދުވަހާއި އަންނަ މަހުގެ 1 އަދި 2 ވަނަ ދުވަހު އެވެ.

އަކްރަމް އިސްތިއުފާ ދެއްވީ، އޭނާއާ ދެކޮޅަށް އެ ކޮމިޝަންގެ މުވައްޒަފުންތަކެއް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލައި އޭނާ މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ. ނަމަވެސް އެ ތުހުމަތުތައް އަކްރަމް ދޮގު ކުރައްވަ އެވެ. އަދި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވެސް ވަނީ އަކްރަމްގެ ދިފާއުގައި ނުކުންނަވައި އޭނާއަށް ކުރި ތުހުމަތަކީ ދޮގެއް ކަމަށް ވިދާޅުވެފަ އެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު އަންނަނީ މާޗް 6 ގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ތައްޔާރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355