twitterviber whatsapp telegramfacebookyoutube instagram
29th April 2026

މިނިސްޓަރު އިމްރާން އިތުބާރު ނެތްކަމަށް ފާހެއް ނުވި

ޚަދީޖާ އާދަމް
Nov 23, 2020

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި މައްސަލަ ފާހެއް ނުވި އެވެ.

އިމްރާންގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް މައްސަލަ ހުށައެޅީ އިދިކޮޅު 11 ފަރާތްތަކުން ސޮއިކޮށްގެންނެވެ. އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީވެސް 11 މެމްބަރުންނެވެ. އިތުބާރު އޮތް ކަމަށް 53 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.

އިމްރާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ޕީޕީއެމުން ހުށަހެޅީ ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އޭނާ ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ. އިމްރާން ވިދާޅުވެފައި ވަނީ ސަފާރީގައި ހިނގީ ރޭޕް ނޫން ކަމަށާއި އެއީ ވަރަށް ކުޑަ ކަމެއް ކަމަށެވެ.

އެމައްސަލާގައި ޖަވާބު ދާރީވަމުން އިމްރާން މިއަދު މަޖިލީހުގައި ވިދާޅުވީ ސިޔާސީ ފިއްތުންތަކުގެ ސަބަބުން ގައިދީއަކު މިނިވަން ކުރުމުގެ މޭސްތިރިއަކަށް ނުވާނެ ކަމަށެވެ. އަދި 11 މެމްބަރުން ސޮއިކޮށް ހުށަހެޅި މައްސަލަ ގުޅެނީ ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުން އެދޭފަދަ ވެރިކަމެއް ގާއިމް ކުރަން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޭނާ އަދާކޮށްފައިވާ ދައުރާ މެދުކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355