twitterviber whatsapp telegramfacebookyoutube instagram
3rd December 2025

ކޮމަންޑޫއާއި މިލަންދޫއިން މަސްތުވާތަކެއްޗާއެކު 3 މީހުން ހައްޔަރުކޮށްފި

ޚަދީޖާ އާދަމް
Nov 24, 2020

ށ އަތޮޅު މިލަންދޫއާއި ކޮމަންޑޫއިން މަސްތުވާތަކެއްޗާއެކު 3 މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މި މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ.

ފުލުހުން ބުނީ މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް އާންމު ފަރާތަކުން އެ ރަށު ޕޮލިސް ސްޓޭޝަނަށް ދިން މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި 29 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން މިލަންދޫ އޮޑިހަރުގެއެއްގެ ތެރެއިން އެ ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ކޮމަންޑޫގައި ހިންގި އޮޕަރޭޝަނަކީ ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔަ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަނުގައި 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އިއްޔެ ހިންގި މި އޮޕަރޭޝަނުގައި މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ސެލޯފިންކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355