twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ ކޯޓްގެ މެޖިސްޓްރޭޓް އަލީ އާދަމް ހިމެނޭހެން ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ފަށަފައިފި

ނަބީލާ އިސްމާޢީލް
Nov 24, 2020
2

ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކޮމެޓީ އެކުލަވާލައިފި އެވެ.

މިއަދު ޖޭއެސްސީން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، 28 އޮކްޓޯބަރު 2020 ވަނަ ދުވަހު ބޭއްވުނު އެކޮމިޝަނުގެ 79 ވަނަ ބައްދަލުވުމުގައި ތިން ފަނޑިޔާރަކާ ގުޅޭ ސްލޫކީ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

ޖޭއެސްސީން ތަހުގީގު ކުރަން ނިންމާފައިވަނީ ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަހުމަދު އަކްރަމް ބެއްލެވި މައްސަލައެއް ހިންގުމުގައި އެކަށީގެންނުވާ މިންވަރަށް ލަސްވެފައިވާ ކަމަށް ބެލެވޭ މައްސަލައަކާއި ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލީ އާދަމް، ޖަމިއްޔާއެއް އުފައްދާ އެ ޖަމިއްޔާގެ ހަރަކާތްތައް ރާއްވާ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ބުނާ މައްސަލައަކާއި މުޒާހަރާތަކުގައި ބައިވެރިވެ ޝުއޫރުފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެ ހިޔާލުތައް ފާޅުކުރި ކަމަށް ބުނާ މައްސަލައެއްގެ އިތުރުން ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފް، ގާނޫނު ހުއްދަކުރާ މިންވަރަށްވުރެ ގިނައިން ކުޑަކުދިން އަރުވައިގެން ސައިކަލް ދުއްވާ ކަމަަށް ބުނާ މައްސަލައެކެވެ.

ޖޭއެސްސީއަކީ، ގާނޫނުއަސާސީގެ ދަށުން އުފެދި، ގާނޫނުން ބާރު ލިބިގެން، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަމުންދާ ކޮމިޝަނެވެ. އެކޮމިޝަނުން ފަނޑިޔާރަކު، ފަނޑިޔާރުކަމުން ވަކިކުރަން ނިންމައިފިނަމަ، އެކަން ހުށަހަޅަން ޖެހެނީ ރައްޔިތުންގެ މަޖިލީހަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355