twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޑަކުދިންނަށް ދޭ ތެރަޕީގެ ހިދުމަތް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ނަބީލާ އިސްމާޢީލް
Nov 25, 2020

ނައިބު ރައީސް ފައިސަލް ނަސީމް ކުޑަކުދިންނަށް ދޭ ތެރަޕީގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އެ ހިދުމަތްތައް ފޯރުކޮށްދޭ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އިއްޔެ ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި ނައިބު ރައިސް ވިދާޅުވީ ތެރަޕީގެ ގިނަ ހިދުމަތްތައް މިހާރު ލިބެންހުރީ މާލޭގައިކަން ކަމަށާއި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވެސް އެ ފަދަ ހިދުމަތްތައް ފުޅާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވާހަކަ ދެއްކުމުގައި ދަތިތަށް ހުންނަ ކުދިންނަށްދޭ ސްޕީޗް ތެރަޕީ ފަދަ ދާއިރާތަކުން ތަމްރީނުވެފައިވާ މީހުން މަދުކަން ފާހަގަކުރައްވައި، ނައިބު ވަނީ ގައުމީ ޔުނިވަރސިޓީ މެދުވެރިކޮށް އެ ފަދަ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ކުރިމަތިވާ ހެދިބޮޑުވުމުގެ މައްސަލަތައް ދުރާލާ ދެނެގަތުމާއި، ހާއްސަ ފަރުވާ ބޭނުންވާ ކުދިން ދެނެގަނެވޭނެ ގޮތްތައް މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭ ގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

ނައިބު ރައީސް ހޯމަ ދުވަހު ވަނީ އައިޖީއެމްއެޗްގެ ސްޕީޗް ތެރަޕީ ޑިޕާޓްމަންޓަށް ޒިޔާރަތްކުރައްވައި އެ ތަނުގެ މަސައްކަތްތައް ވެސް ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި އެ ޑިޕާޓްމަންޓުގެ އިސްވެރިން ވަނީ އެ ތަނުގައި މަސައްކަތްކުރާ ތެރެޕިސްޓުންގެ އަދަދާ ބަލާއިރު އެ ހިދުމަތް ހޯދަން އެދޭ ކުދިންގެ އަދަދު އިތުރުކަން ފާހަގަކުރައްވާފައެވެ. އަދި އެ ދާއިރާގައި މިހާރު ހުރި ގޮންޖެހުންތަކުގެ މައުލޫމާތު އެމަނިކުފާނާއި ހިއްސާކުރައްވާފައިވެއެވެ.

އިއްޔެ އޮތް މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީއާއި ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރުގެ އިތުރުން ޖެންޑަރމިނިސްޓްރީ އާއި ގައުމީ ޔުނިވާސިޓީއާއި އައިޖީއެމްއެޗްގެ އިސް ބޭފުޅުން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355