twitterviber whatsapp telegramfacebookyoutube instagram
19th August 2026

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރަކު އައްޔަންކޮށްފި

ޚަދީޖާ އާދަމް
Nov 26, 2020

ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

މި މަގާމަށް އައްޔަން ކުރައްވާފައިވަނީ ހދ. ކުޅުދުއްފުށި ނޫރަންގޭ މުހައްމަދު އިސްމާއިލްއެވެ. މުހައްމަދު އިސްމާއީލް ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ ކުރިން ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވި މުހައްމަދު މައުސޫމް އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މުހައްމަދު އިސްމާޢީލް ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އިން ބެޗްލަރސް އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް) ހާސިލްކުރައްވާފައެވެ. އޭނާ ކުރިން ހުންނެވީ ސިވިލްކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގައެވެ.

މި މަގާމަށް ކުޅުދުއްފުށީ ބޭފުޅަކު އައްޔަން ކޮށްފައިމިވަނީ ގިނަ ދުވަސްތަކަށް ފަހު އެވެ.

ކުޅުދުއްފުށީ ކޯޓުގެ އިތުރުން މިއަދު ވަނީ އިތުރު 5 ރަށަކަށް ފަނޑިޔާރުން އައްޔަން ކުރައްވާފައެވެ. އެއީ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓު، ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓު، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު، ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު އަދި ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355