twitterviber whatsapp telegramfacebookyoutube instagram
10th August 2026

އެމްއައިބީ މެދުވެރިކޮށް އުރީދޫން ފޯނާއި އެކްސަސަރީޒް ލިބޭގޮތް ހަދައިފި

ނަބީލާ އިސްމާޢީލް
Nov 28, 2020

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ އުޖާލާ ދިރިއުޅުން (ޔޫޑޭ) ފައިނޭންސް މެދުވެރިކޮށް އުރީދޫން ފޯނާއި އެކްސަސަރީޒް އިންސްޓޯލްމަންޓަށް ގަނެވޭނެ ގޮތް އިއްޔެ ހަމަޖައްސައިފި އެވެ.

އުރީދޫން އަންނަނީ އެންމެ ފަހުގެ، ލޯ އެންޑް މިޑް ރޭންޖާއި ހައި އެންޑް ފޯނުތަކާއި އެކްސެސަރީ ރާއްޖޭގެ މާކެޓުގައި ހެޔޮ އަގުގައި ވިއްކަމުންނެވެ. މި ތަކެތި ގަންނަ އުރީދޫ ކަސްޓަމަރުންނަށް އެ ކުންފުނިން ހާއްސަ އޮފާތައް ވެސް ދެ އެވެ. މި އޮފާތަައް އެމްއައިބީގެ ކްރެޑިޓް ސްކީމް ބޭނުންކުރާ އުރީދޫ ކަސްޓަމަރުންނަށް ލިބޭނެ އެވެ.

މީގެ އިތުރުން އެމްއައިބީއާ އެކު ވެވުނު މި އެއްބަސްވުމާއެކު އެހެނިހެން ނެޓްވޯކުތަކުގެ ކަސްޓަމަރުންނަށް ވެސް އުރީދޫން ތަކެތި ގަތުމުގެ ފުރުސަތު ލިބޭނެ އެވެ.

އިންސްޓޯލްމެންޓް ޕްލޭން ކަނޑައަޅާނީ ކޮންމެ ކަސްޓަމަރަކަށް ވެސް އޮންނަ ލިމިޓުގެ ތެރެއިން އެމްއައިބީ އިން އެޕްރޫވްކޮށްގެންނެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އީޖާދީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތަކުގެ ސަބަބުން އެންމެފަހުގެ ޑިޖިޓަލް ޑިވައިސްތަކުގެ ބޭނުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެމްއައިބީއާ ގުޅިގެން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޯބައިލް ފޯނާއި އެކްސަސަރީޒް ގަތުމުގެ ފުރުސަތު ހުޅުވާލެވުމަކީ ލިބުނު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355