twitterviber whatsapp telegramfacebookyoutube instagram
25th April 2024

މިއީ ފެށުމެއް، ރަށުގައި ޕީޕީއެމްގެ ހަރަކާތްތައް އިތުރުކުރަން ޖެހޭ: ސަމީރު

އަބްދުލް ވާހިދު ޙަސަން
Nov 29, 2020
4

ރައީސް ޔާމީނަށް "ނުހައްގުން" ދެމުންގެންދާ އަނިޔާތަކާ ދެކޮޅަށް ވޭތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭގައި އެންމެ އެކަށީގެންވާ ގޮތެއްގައި ކުޅުދުއްފުށީގައި ހަރަކާތްތައް ބޭއްވިފައިވޭތޯ ސުވާލު އުފައްދާ ޕާޓީގެ ހަރަކާތްތައް އިތުރުކުރަން ޖެހޭކަމަށް ޕީޕީއެމް ކުޅުދުއްފުށި ސްޓެއަރިންގ ކޮމެޓީގެ ރައީސްކަމަށް އަލަށް އިންތިހާބުވި އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މުޅި ރާއްޖޭގައި ހޮނިހިރު ދުވަހު ވަނީ މުޒާހަރާކޮށްފަ އެވެ. އެގޮތުން އިއްޔެ ވަނީ ކުޅުދުއްފުށީގައި ރައީސް ޔާމީން މިނިވަންކުރަން ގޮވަލައި އިހްތިޖާޖްކޮށްފަ އެވެ.

"އާހަމަ" ކުރިމަތީގައި އިއްޔެ ހަވީރު ކުރިއަށްދިޔަ އިހްތިޖާޖުގައި ވާހަކަދައްކަވަމުން އަލަށް އިންތިހާބުވި ސްޓެއަރިން ކޮމެޓީގެ ރައީސް އަހުމަދު ސަމީރު ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަށީގެންވާ ވަރަށް ކުޅުދުއްފުށީގައި ހަރަކާތްތައް ބޭއްވިފައިވޭތޯ ސުވާލު އުފައްދާފަ އެވެ.

"އަޅުގަނޑުމެން ރޭގަނޑު 8 ޖެހީމަ ޗެނަލް 13 އަޅުވައިގެން 8 ގެ ހަބަރު ބަލާފަ. 11 ޖެހީމަ ގޮސް މަޑިސީލަ ބަލާފަ އަދި ނިދަން އޮތަކަސް މިކަމެއް ނުނިމޭނެ." ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ، ހާއްސަކޮށް ކުޅުދުއްފުށީގައި ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށާ ރަށުގައި ހަރަކާތްތައް އިތުރުކޮށް އެ ޕާޓީގެ އަޑާއި ކުލަ ގަދަވާން ޖެހޭކަމަށް ވިދާޅުވި އެވެ. ރަށުގައި ޕީޕީއެމްގެ ހަރަކާތްތަކަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މި މަސައްކަތަކީ ވަކި މީހަކު ޕާޓީގެ ވެރިޔަކަށް ނުވަތަ ވަކި މީހަކު ޕާޓީގައި އުޅޭތި ކުރަން ޖެހޭކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން އިހްލާސްތެރިކަމާއެކު ޕާޓީއަށްޓަކާ ކުރާ މަސައްކަތެއްގެ ގޮތުގައި ވަނީނަމަ ވަކި މީހަކަށް ބަލައިގެން މިކަން ކުރާކަށް ނުޖެހޭ. އަޅުގަނޑުމެން ސިޔާސީ ކަންކަން އެންމެ ބޮޑަށް މިންކުރާ އެކައްޗަކީ އިންތިހާބުތައް." ސަމީރު ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ޕީޕީއެމަށް ކުޅުދުއްފުށިން ކުރިމަތިވި ނާކާމިޔާބީއަށް އިޝާރާތްކުރައްވަމުން އޭނާ ވިދާޅުވީ، 2008 ފެށިގެން އިންތިހާބުތައް އައިއިރު އެކަން އިންތިހާބުތައް ކާމިޔާބުނުވީ "އަޅުގަނޑުމެން" ތެރޭގައި ހުރި މައްސަލަތަކުން ކަމަށެވެ. އަދި ކޮންމެ އިންތިހާބަކީ އިމްތިހާނެއްކަމަށާއި ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ދެން އޮތް އެންމެ ބޮޑު އިންތިހާބަކީ ލޯކަލް ކައުންސިލް އިންތިހާބު . އެއަށްފަހު ރިޔާސީ އިންތިހާބު. އެއަށްފަހު މަޖިލިސް އިންތިހާބު. އެހެންވީމަ މިދެންނެވި ކަންކަން ހާސިލްނުވެޔެއް އަޅުގަނޑުމެންނަށް ކާމިޔާބާ ހިސާބަކަށް ވާސިލެއް ނުވެވޭނެ. މިހިސާބުން އަޅުގަނޑުމެން ކަމަރު ބަންނަށް އެބަޖެހޭ. އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކަށް އަދި އަޅުގަނޑުމެންނާ އެކު ތިބި ފަރާތްތަކަށް މިދަންނަވަނީ ބާރަށް ތާކު ހިފަހައްޓާލައިގެން ތިބޭށޭ. މި ނިކުތިއްޔޭ. ދެން އަޅުގަނޑުމެން ގެޔަށް ވަންނާނީ މިކަން ކޮޅެއްގައި ޖައްސާފައޭ. ރައީސް ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރުގެ އިންތިހާބު އަޅުގަނޑުމެން ބޮޑުތަނުން ކާމިޔާބުކޮށްފައޭ." ސަމީރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355