twitterviber whatsapp telegramfacebookyoutube instagram
24th April 2024

ދަނޑުވެރިކަމަށް ކުއްޔަށް ދޫކުރާ ރަށްތަކަށް ބިޑްކުރާ މުއްދަތު އިތުރުކޮށްފި

ޚަދީޖާ އާދަމް
Nov 30, 2020

ދަނޑުވެރިކަމަށް ގުޅުންހުރި މަސައްކަތްތައް ކުރުމަށް ދޫކުރާ 6 ރަށެއް ބިޑް ކުރުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

ދަނޑުވެރިކަމަށް ދޫކުރާ ރަށްތަކަށް ބިޑް ހުށަހަޅަންޖެހޭ ތާރީހުގެ ގޮތުގައި ކުރިން ބީލަން ކަރުދާހުގައި ބަޔާންކޮށްފައިވާނީ، 20 ޑިސެންބަރު 2020 ވަނަ ދުވަހުގެ 13:00 އެވެ. މުއްދަތު އިތުރުކޮށްފައިވަނީ 27 ޑިސެމްބަރުގެ 13:00 ހަމައަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނީ ބިޑް ހުށައެޅޭނެ މުއްދަތު އިތުރުކޮށްފައިވަނީ، ބިޑާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިންގ 3 ދުވަހުގެ މުއްދަތަށް ފަސްކުރުމުގެ ސަބަބުން، ބިޑް ހުށަހަޅަންޖެހޭ މުއްދަތަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ދަނޑުވެރިކަން ކުރުމަށް މިނިސްޓްރީން ދޫކުރާ 6 ފަޅުރަށަކީ، ހއ. މަޑުލު، ށ. ކަކާއެރިޔަދޫ، ށ. ނެޔޮ، ނ. ތޮޅެންދޫ، ބ. މާއްޑޫ އަދި ގދ. އޮއިނިގިއްލާއެވެ.

މިރަށްރަށުގެ ބިމުގެ ސަރަޙައްދުން ގިނަވެގެން 30 އިންސައްތައިގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެކަމަށް އެގްރިކްލްޗަރ މިނިސްޓްރީން ބުނެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355