ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ވޯނާ ބްރަދާސްގެ އަކުއަމެންގެ ސީކުއަލްއިން އެކްޓަރު އެމްބާ ހާޑް ވަކި ކުުރުމަށް ހުށައަޅާ ޕެޓިޝަންގައި 1.5 މިލިއަން މީހުންގެ ސޮއެކޮށްފި އެވެ.
ޖޯނީ ޑެޕްގެ ކުރީގެ އަންހެނުން އެމްބާ އަކުއަމޭންއިން ވަކިކުރަން ޕެޓިޝަން ހުށައަޅަން ފޭނުން ނިންމީ އެމްބާއަށް ގެވެށި އަނިޔާ ކުރި މައްސަލާގައި ޑެޕް ސޮއިކޮށްފައި އޮތް ފިލްމު "ފެންޓާސްޓިކް ބީސްޓްސް 3" އިން ވަކިވާން ވޯނާ ބްރަދާޒް އިން މަޖުބޫރުކޮށް އެ ފިލްމުން އޭނާ ބޭރުކޮށްފައި ވަނިކޮށެވެ.
ފެންޓާސްޓިކް ބީސްޓްސް 3 އިން ޑެޕް ވަކިކުރި މައްސަލާގައި އޭނާގެ ފޭނުން މިހާރު އަންނަނީ އެމްބާއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭން ވެސް ކުރަމުންނެވެ. ޑެޕްގެ ފޭނުން ގަބޫލްކުރާ ގޮތުގައި އޭނާގެ ކެރިއަރު ވައްޓާލުމުގެ ފަހަތުގައި ވަނީ އެމްބާއެވެ.
މި ޕެޓިޝަނާއެކު އަކުއަމޭން 2 ގައި އެމްބާގެ ރޯލު ވަރަށް ބޮޑުތަން ކުޑަކޮށްފައިވާ ކަމަށް ހަބަރުތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އޭނާ ހިމަނައިގެން ފިލްމު ޕްރޮމޯޓްކުރާ ނަމަ އޭގެ ޕީއާރް މަސައްކަތަށް ވެސް ވަރަށް ބޮޑަށް އަސަރެއް ކުރާނެ އެވެ.
ގެވެށި އަނިޔާކުރާ ކަމަށް ބުނެ ޑެޕް ގާތުން އެމްބާ ވަރިވާން ކޯޓަށް ދިޔައީ 2016 ގަ އެވެ. އެމްބާ އަށް ގެވެށި އަނިޔާކުރި މައްސަލާގައި އިނގިރޭސި ނޫސް ދަ ސަން އިން ފެތުރި ވާހަކަތަކަކާ ގުޅިގެން އެ ނޫހާ ދެކޮޅަށް ޑެޕް ވަނީ އަބުރުގެ ދައުވާވެސް ކޮށްފައެވެ. ނަމަވެސް މައްސަލަ ނިމުނީ ޑެޕްއާއި ދެކޮޅަށެވެ.