twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޑަކުދިންނަށް މަރުގެ އަދަބު ނުދެވޭ އިސްލާހު މަޖިލީހަށް ބަލައިގެންފި

ޚަދީޖާ އާދަމް
Dec 1, 2020
2

ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ އެމްޑީޕީ މެންބަރު ޖީހާން މަހުމޫދު ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ހުށައެޅި ކުޑަކުދިންނަށް މަރުގެ އަދަބު ނުދެވޭ އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.

އުމުރުން 18 އަހަރު ފުރުމަށް ފަހުގައި ވެސް، އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ކުށެއް ޝަރީއަތަށް ސާބިތުވިޔަސް، އެ ކުށަކަށް މަރުގެ އަދަބު ނުދެވޭ ގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ބަލައިގަތީ މިއަދު އެވެ. އިސްލާހު ބަލައިގަތީ 59 މެންބަރުންގެ އިއްތިފަހުންނެވެ

މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރު ބައިކުޅަ ތިން ބަޔަށް ވުރެ ބޮޑު ނޫން އަދަބަކަށް ބަދަލު ކުރަންޖެހޭނެ ކަމަށް ވެސް ޖީހާން ވަނީ ހުށަހަޅުއްވައިފަ އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ބައެއް މާއްދާތައް އިތުރު ކުރުމަށާއި އުނި ކުރުން އަދި ބައެއް މާއްދާތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖީހާން ވަނީ ހުށައަޅާފަ އެވެ.

ބިލުގައި އިތުރަށް ބުނެފައި ވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ ކުއްޖަކު ބަންދުގައި ބަހައްޓަން ނިންމާ ހާލަތުގައި އެމައްސަލައިގެ އެންމެހާ ކަންކަމަށާއި ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު އެކުއްޖާ ގޭގައި ބަންދު ކުރުމުގެ އިހުތިޔާރު މައްސަލަ ބަލާ ގާޒީއަށް ލިބިގެންވާ ކަމަށެވެ.

އަދި ބަންދުގެ މުއްދަތު އިތުރު ކުރާނަމަވެސް ހަމަ އެފަދައިން އަމަލު ކުރުމުގެ އިހުތިޔާރު ގާޒީއަށް ދޭން އިސްލާހުގައި ހިމަނާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355