twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަސް: ޖެނުއަރީ އިންޓޭކުގައި މުޅިން އަލަށް ފަށާ 3 ކޯހަކާއި އިތުރު 6 ކޯހެއް

Dec 2, 2020

ވިލާ ކޮލެޖުގެ 2021 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކްގައި 100 އަށް ވުރެ ގިނަ ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި އަންނަ އަހަރު ހުޅުވާލާފައިވާ ކޯސްތަކުގެ ތެރެއިން މިފަހަރު މިބަލާލަނީ އަލަށް ފަށަން ހަމަޖެހިފައިވާ މުހިންމު 3 ކޯހަކަށެވެ. އެއީ މާސްޓާ އޮފް އާރޓްސް އިން ހިޔުމަން ރިސޯސް މެނޭޖްމެންޓް، ޕޯސްޓް ގުރެޖުއޭޓް ސެޓްފިކެޓް އޮފް ޓީޗިން އިން ހަޔަރ އެޑިއުކޭޝަން އަދި ބެޗެލަރ އޮފް ޓީޗިންގ އެންޑް އިންކުލޫސިވް އެޑިއުކޭޝަން އެވެ.

ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ އެންޑް އިންކުލޫސިވް އެޑިއުކޭޝަން

ފުލް ޓައިމްކޮށް ތިން އަހަރަށް ކިޔަވާގޮތަށް ފަރުމާކޮށްފައިވާ މި ކޯސްއަށް ވަނުމުގެ ޝަރުތަކީ އޭލެވެލް އިމްތިހާނުން ދެ މާއްދާ އިން ފާހެއް އޮތުމެވެ. ނުވަތަ ގުޅުން ހުރި ދާއިރާއެއްގެ ލެވެލް ހަތަރެއްގެ ސަނަދެއް އޮތުމެވެ.

އެހެން ބައެއް ޝަރުތުތަކަށް ބަލާއިރު މި ކޯހުގައި ބައިވެރިވެވޭނީ އުމުރުން ވިހި އަހަރުވެފައި ތިބި މީހުންނަށެވެ. އަދި ގުޅުން ހުރި ދާއިރާއަކުން ދެ އަހަރުގެ ދުވަހު ތަޖުރިބާ ހިމެނެ އެވެ.

ޕޯސްޓް ގުރެޖުއޭޓް ސެޓްފިކެޓް އޮފް ޓީޗިންގ އިން ހަޔަރ އެޑިއުކޭޝަން

މި ކޯހަށް ވަނުމުގެ ޝަރުތަކީ ގުޅުން ހުރި ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުމެވެ. އެހެނިހެން ޝަރުތުތަކަށް ބަލާއިރު 25 އަހަރުވެފައިވުމާއި ގުޅުން ހުރި ދާއިރާއަކުން ލެވެލް ފަހެއްގެ ސަނަދެއް އޮތުމާއި 6 އަހަރުގެ ތަޖުރިބާ ހުރުން ޝަރުތުކޮށްފައިވެ އެވެ. ނުވަތަ ލެވެލް ހައެއްގެ ސަނަދެއް އޮތުމާއި 4 އަހަރުގެ ތަޖުރިބާ އެވެ. އަދި ދަރިވަރުން ހޮވާނީ އެތަނުން ކުރާ އިންޓަވިއެއް ނުވަތަ ޓެސްޓަކަށް ފަހު އެވެ. މިއީ 8 މަސް ދުވަހަށް ފުލްޓައިމްކޮށް ކިޔަވަން ފަރުމާކޮށްފައިވާ ކޯހެކެވެ.

މާސްޓާ އޮފް އާރޓްސް އިން ހިޔުމަން ރިސޯސް މެނޭޖްމެންޓް

މި ކޯހަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ފުލްޓައިމްކޮށް ކިޔަވާގޮތަށް ފަރުމާކޮށްފައިވާ ކޯހެކެވެ. މި ކޯހުގެ ޝަރުތަކީ ގުޅުން ހުރި ދާއިރާއަކުން ޑިގްރީއެއް އޮތުމެވެ. ނުވަތަ ގުޅުން ހުރި ދާއިރާއަކުން ގްރެޖުއޭޓް ޑިޕޮލޮމާ ލެވެލްގެ 8 ގެ ސަނަދެއް އޮތުމެވެ.

މީގެ އިތުރުން ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަހުން 2021 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް ހާއްސަކޮއްގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކޯސްތަކުގެ ތެރޭގައި ސެޓުފިކެޓު 4 އިން އިންފޮމޭޝަން ޓެކްނޮލޮޖީ، ފައުންޑޭޝަން އިން ޓީޗިން، ބީ.އެސް.ސީ ނާސިންގ، ބެޗެލާސް އޮފް އާޓްސް ބިޒްނަސް އެންޑް ހިއުމަން ރިސޯސް މެނޭޖްމެންޓް، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ އަދި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހިމެނެއެވެ.

ކޯސްތަކުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީހަކީ 19 ޑިސެމްބަރ 2020 އެވެ. މިކޯސްތަކަށް ވިލާކޮލެޖުގެ ވެބްސައިޓްއިން އޮންލައިން ކޮށް އެޕްލައިކޮށްލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355