twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކޭއާރުއެޗަށް، އިތުރު ދެ ދިވެހި ޑޮކްޓަރަކު ގުޅިއްޖެ

- މިހާރުވެސް ދިވެހި ތިން ޑޮކްޓަރުން މަސައްކަތްކުރޭ
- ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކަރުން އިސްކަން ދޭ
- އިތުރު ޑޮކްޓަރުންތަކެއް އަލަށް ވަނީ ގުޅިފައި

އަބްދުލް ވާހިދު ޙަސަން
Dec 11, 2020
7

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އިތުރު ދެ ދިވެހި ޑޮކްޓަރުން މަސައްކަތް ކުރަން ފަށައިފި އެވެ. އެ ހޮސްޕިޓަލަށް އަލަށް ގުޅުން ދެ ދިވެހި ޑޮކްޓަރުންނަކީ ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ މުހައްމަދު ފައިސަލް އަދި ޖެނެރަލް ޕްރެކްޓިޝަނަރ، ޑރ ފާތިމަތު ލީނާ އެވެ.

މި ދެ ޑޮކްޓަރުން ކުރިން ހުންނެވީ ފ އަތޮޅު ހޮސްޕިޓަލްގައި އެވެ. ޑރ ފައިސަލްއަކީ އައިޖީއެމްއެޗް އަދި އޭޑީކޭ ފަދަ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރައްވާފައި ހުންނެވި ބޭފުޅެކެވެ.

ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، ދިވެހި ޑޮކްޓަރުން އިތުރު ކުރުމަކީ އެ ހޮސްޕިޓަލްގެ ވަރަށް ބޮޑު އަމާޒެއް ކަމަށާ އެކަމަށް ގިނަ މަސައްކަތްތަކެއްވެސް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދެވޭ ހިދުމަތުގެ ފެންވަރު މަތިވެ، ހިދުމަތް ހޯދައި ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ދެ ޑޮކްޓަރުން އެ ހޮސްޕިޓަލުގައި މަސައްކަތްކުރަން ނިންމުމުން އަހުމަދު ވަނީ ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ޝުކުރުއަދާކުރައްވައި މަރުހަބާ ދަންނަވާފަ އެވެ. އަލަށް ގުޅުނު މި ދެ ޑޮކްޓަރުންގެ ސަބަބުން އެންއައިސީޔޫގެ ހިދުމަތާއި އީއާރުގެ ހިދުމަތް އިތުރަށް ފުރަތަމަވެގެންދާނެކަމަށް އަހުމަދު ވިދާޅުވި އެވެ.

ކޭއާރުއެޗުން ބުނީ، މި ދެ ޑޮކްޓަރުންވެސް އަންނަ ހޮނިހިރު ދުވަހު ބަލި މީހުން ބަލަން ފައްޓަވާނެ ކަމަށާއި އެޕޮއިންޓްމެންޓަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ހޮސްޕިޓަލްގެ އެޕޮއިންޓްމެންޓް ނަމްބަރަކީ 6528864 އެވެ.

ދިވެހި މި ދެ ޑޮކްޓަރުންގެ އިތުރުން، އިތުރު ޑޮކްޓަރުންތަކެއްވެސް ވަނީ އެ ހޮސްޕިޓަލާ ގުޅިފަ އެވެ. އެގޮތުން ލޮލުގެ ބަލިތަކުގެ ޑޮކްޓަރަކާއި ސްކޭން ޑޮކްޓަރަކާއި އަންހެނުންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ކަރުންމަތީގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރެއް ހިމެނެ އެވެ.

މިހާރުވެސް އެ ހޮސްޕިޓަލްގައި އިތުރު ތިން ދިވެހި ޑޮކްޓަރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެއީ އެތެރެހަށީގެ ޑޮކްޓަރު، ޑރ މުހައްމަދު ނަޒީފާއި، އޮޕަރޭޝަން ޑޮކްޓަރު، ޑރ އަލްތާފް އަދުނާން އިސްމާއިލާއި ދަތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ ހަދީޖާ އިބުރާހިމެވެ.

ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދަނީ ކުރަމުންނެވެ. އެގޮތުން އެ ހޮސްޕިޓަލުން ހިންގުން ހަރުދަނާކުރުމުގެ ގޮތުން މިނިސްޓްރީގެ ދަށުން ވަކިކޮށް ބޯޑެއްގެ ދަށުން ހިންގުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355