twitterviber whatsapp telegramfacebookyoutube instagram
14th May 2025

އިއާދަކުރަނިިވި ހަކަތައަށް ރާއްޖެ ބަދަލުކުރަން ވޯލްޑް ބޭންކުން 107 މިލިއަން ޑޮލަރުގެ އެހީއެއް

ޚަދީޖާ އާދަމް
Dec 12, 2020
1

ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ އިގްތިސާދު އާރާސްތު ކުރުމަށާއި އިއާދަކުރަނިވި ހަކަތައަށް ރާއްޖެ ބަދަލު ކުރުން އަވަސް ކުރުމަށް ވޯލްޑް ބޭންކުން އެހީގެ ގޮތުގައި 107 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

މި ދެ މަޝްރޫއަކީ ވެސް ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެހީއަކަށް ވާނެ ގޮތަށް ފަރުމާކޮށްފައިވާ ދެ މަޝްރޫއެވެ.

އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) ނަމަކަށް ކިޔާ މި މަޝްރޫއު ބިނާކޮށްފައިވަނީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ހޯދުމުގެ ބޭނުމުގައި ވޯލްޑް ބޭންކުން މިހާރުވެސް ކުރިއަށްގެންދާ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓްސް އިން ރިނިއުއަބަލް އެނާޖީ (އެސްޕަޔާ) މަޝްރޫއުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށެވެ.

މި އެހީ ފޯރުކޮށްދިނުމަށްޓަކައި ހިންގާ 107.4 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއް ވާލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

އާ މަޝްރޫއުގެ ބޭނުމަކީ މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް، އެ ހަކަތަ ކަރަންޓް ވިއުގައިގެ ތެރޭގައި ބޭނުންކުރެވޭ ވަރު އިތުކުރުމަށްޓަކައި ކަރަންޓް ވިއުގަ ހަރުދަނާ ކުރުމެވެ.

އެސްޕަޔާ އަދި އެރައިޒް މަޝްރޫއުގެ ދަށުން ޤާއިމްކުރެވޭ އަވިން ހަކަތަ އުފައްދާ ނިޒާމުތައް މެދުވެރިކޮށް ޖުމްލަ 42.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ އެވެ. މިއީ އިއާދަކުރަނިވި ވަސީލަތްތައް މެދުވެރިކޮށް 2020 ގެ ނިޔަލަށް 51 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ކަނޑައަޅާފައި ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355