twitterviber whatsapp telegramfacebookyoutube instagram
24th April 2024

ތިލަދެކުނު ވެށި ޓުއާގެ ފުރަތަމަ ދަތުރު: އިހަވަންދޫ އަދި ހޯރަފުށި، ޓިކެޓް ވިއްކަން ފަށައިފި

އަބްދުލް ވާހިދު ޙަސަން
Dec 15, 2020

ތިލަދުންމަތީގެ ބައެއް ރަށްތަކަށް ބަލާލުމަށް އަތޮޅު ކައުންސިލުން ފަށައި "ތިލަދެކުނު ވެށި ޓުއާ" ގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އިހަވަންދޫ އަދި ހޯރަފުށި ހަމަޖައްސައިފި އެވެ.

ރަށްރަށުގެ ގުދުރަތީ ރީތިކަމާއި ތާރީހް އަދި ވިޔަފާރީގެ ބޭނުންތަކަށްދާ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެރަށްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަގްސަދުގައި ފަށައި މި ޓުއާގެ ދަތުރުތައް ފަށާނީ ކުޅުދުއްފުށިންނެވެ.

ހދ އަތޮޅު ކައުންސިލުން މިއަދު ބުނީ، ތިލަދެކުނު ވެށި ޓުއާގެ ފުރަތަމަ ދަތުރު އަންނަ ހޮނިހިރު ފަށަން ނިންމާ ޓިކެޓް ވިއްކުމަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހަމަޖެއްސީ އިހަވަންދޫ އަދި ހޯރަފުއްޓެވެ.

20 މީހުންގެ ޖާގައިގެ މި ޓުއާގެ ޓިކެޓެއްގެ އަގަކީ 250 ރުފިޔާ އެވެ. ޓިކެޓް ވިއްކުމަށް ހުޅުވާލާފައިވާއިރު 7338011 ނަމްބަރަށް ގުޅައިގެން ޓިކެޓް ގަތުމާއި އިތުރު މައުލޫމާތު ލިބޭނެކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.

މި ދަތުރު ކުޅުދުއްފުށިން ފުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7 ޖަހާއިރު އެވެ. އަދި އިހަވަންދޫއަށް ގޮސް އެރަށުން ހޯރަފުއްޓަށް ދިޔުމަށް ފުރަން ހަމަޖެހިފައިވަނީ މެންދުރު 12 ޖަހާއިރު އެވެ. ދަތުރު ނިންމާލުމަށްފަހު އެނބުރި ހޯރަފުށިން ކުޅުދުއްފުއްޓަށް ދަތުރު އިނީ ހަވީރު 4:30 ގައި އެވެ.

އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ވަސީމް މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޓުއާގައި ވަކި ރަށްތަކެއް ހާއްސަކޮށްފައިވީނަމަވެސް ކުރިއަށްއޮތްތަނުގައި ރައްޔިތުންގެ ހިޔާލާއެކު ލިސްޓަށް ރަށްތައް އިތުރުކުރެވޭނެ ކަމަށެވެ.

ހަފްތާ ބަންދުގައި ރަށްތަކަށް ދަތުރު ދެވޭނެ ގޮތްވެސް ކުރިއަށް އޮތްތަނުގައި ފަހިވެގެންދާނެ ކަމަށާއި އެ ކަންކަން ބަދަލުގެންނާނީ ރައްޔިތުންގެ ހިޔާލާއެކު ކަމަށްވެސް ވަސީމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355