twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފީވަކާއި ފޯކައިދޫ ބަނދަރުގެ ބޮޑު ބައި ނިންމާލައިފި

ނަބީލާ އިސްމާޢީލް
Dec 15, 2020

ށ. ފީވަކާއި ފޯކައިދޫ ބަނދަރުގެ މަސައްކަތުން ބޮޑު ބައެއް ނިންމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީ ބުނީ ފީވަކުގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ 65 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ ކަމަށާއި ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އެ ރަށުގައި ކުރަނީ އެއްގަމު ތޮށީގެ ކޮންކްރީޓްގެ މަސައްކަތް ކަމަށެވެ.

ފީވަކު ބަނދަރު މަޝްރޫއުގައި 55،163 ކިއުބިކު މީޓަރުގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ އެއްގަމުތޮށި ލުމާއި، 356 މީޓަރުގެ ބޭރުތޮށި ލުމާއި 182 މީޓަރުގެ ރިވެޓްމަންޓު ޖެހުމުގެ އިތުރުން 2،320 އަކަ މީޓަރަށް ޕޭމަންޓު އެޅުން ހިމެނެއެވެ. މިދިޔަ ސެޕްޓެމްބަރު 13 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލު ކޮށްފައިވާ އެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 67.6 މިލިޔަން ރުފިޔާގެ މަޝްރޫއު އެކެވެ.

މީގެ އިތުރުން އެމްޓީީސީސީން ބުނި ގޮތުގައި ފޯކައިދޫ ބަނދަރުގެ 15 ޕަސެންޓް މަސައްކަތް ނިމި މިހާރު ކުރަނީ ދަނީ އަލަށް އިތުރު ކުރި ސަރަހައްދު ފުން ކުރުމުގެ މަސައްކަތް ކަމަށެވެ.

ފޯކައިދޫ ބަނދަރު މަޝްރޫއުގައި 39،995 ކިއުބިކު މީޓަރުގެ އަލަށް އިތުރުކުރެވުނު ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 1800 ކިއުބިކު މީޓަރަށް މިހާރުގެ ބަނދަރު ފުންކުރުމާއި، 4000 ކިއުބުކު މީޓަރުގެ ނެރު ފުންކުރުމާއި 507 މީޓަރުގެ ބޭރުތޮށި ލުމާއި 100 މީޓަރުގެ ރިވެޓުމަންޓު ޖެހުމުގެ އިތުރުން 464 މީޓަރުގެ އެއްގަމު ތޮށި ލާނެ އެވެ. އަދި 2320 އަކަ މީޓަރަށް ޕޭމަންޓު ހަދައި ނެރު ބައްތި ޖަހައި މަގުމަތި ބައްތި ހަރު ކުރާން ހިމެނެ އެވެ.


ގާތްގަނޑަކަށް 52.7 މިލިޔަން ރުފިޔާގެ އެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު 17 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355