twitterviber whatsapp telegramfacebookyoutube instagram
7th October 2026

ރަށްރަށުގައި ކުނިމެނޭޖްކުރުމަށް ހުރި ދަތިތައް އޮޅުން ފިލުމަށް ވެމްކޯގެ ޓީމެއް ތިލަދުންމަތީގައި

އަބްދުލް ވާހިދު ޙަސަން
Dec 16, 2020
1

ހއ ހދ ރަށްރަށުގައި އުފެދޭ ކުނި ނައްތާލުމުގައި އެ ރަށްތަކަށް ދިމާވެފައިވާ ހުރި ދަތިތައް އޮޅުންފިލުމަށް ވެމްކޯގެ ޓީމެއް މިއަދު ތިލަދުންމައްޗަށް ދަތުރެއް ފަށައިފި އެވެ.

މިމަހު 15-21 އަށް ކުރާ މި ދަތުރުގައި ވެމްކޯގެ އެންމެ ސީނިއަރ މުވައްޒަފުން ބައިވެރިވެވަޑައިގަންނަވަ އެވެ. ވެމްކޯގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، މިހާރު ވެމްކޯގެ ޓީމު ހއ އަތޮޅަށް ވަޑައިގެން އެއަތޮޅުގެ ބައެއް ރަށްތަކުގެ ކައުންސިލާ ބައްދަލުކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ދަތުރުގެ ވެމްކޯގެ ޓީމް އޮޅުން ފިލުވާނީ ކުނިމެނޭޖްކުރުމުގައި ރަށްތަކަށް ދިމާވެފައިވާ ދަތިތައް ކަމަށާ އަދި އެ ދަތިތައް ހައްލުކުރުމަށް އޮތީ ކޮން ކަމެއް ތޯ ބަލައި ކައުންސިލްތަކާއި މަޝްވަރާކުރާނެ ކަމަށެވެ.

މި ދަތުރުގައި އެރަށްތަކުގެ ކުނި މެނޭޖްކުރާ ގޮތްތައްވެސް އެ ވެމްކޯގެ ޓީމް ބަލާނެ އެވެ. މިދަތުރުގައި ހއ، ހދ ގެ 10 ރަށަކަށް މި ޓީމް ވަޑައިގަންނަވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293