twitterviber whatsapp telegramfacebookyoutube instagram
1st May 2026

ކުރިއަށް އޮތް ދެ ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓް

ޚަދީޖާ އާދަމް
Dec 20, 2020

ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ޓްރަފްގެ ސަބަބުން ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖެއަށް މޫސުން ގޯސްވާނެ އެވެ.

މެޓް އޮފީހުން ނެރުނު އިއުލަނެއް ބުނެފައިވަނީ ރާއްޖެގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށާއި ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

އެގޮތުން އުތުރާ މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ ފެންބޮޑުވާ ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ވެސް ވަނީ އެދިފައެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355