twitterviber whatsapp telegramfacebookyoutube instagram
18th March 2026

އިނގިރޭސިވިލާތުން ފަތުރުވެރިން ގެނައުމާ މެދު މަޝްވަރާކުރަނީ

ޚަދީޖާ އާދަމް
Dec 21, 2020

ކޮވިޑް-19 ގެ އާ ވައިރަހެއް ޔޫކޭގައި ފެތުރެން ފެށުމާއެކު އެ ގައުމުން ފަތުރުވެރިން ގެނައުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށް އެޗްއީއޯސީ ގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

"ސަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ނަޒްލާ ވިދާޅުވީ އެގައުމުން ޓޫރިސްޓުން ގެނައުމާ މެދު ގޮތެއް ނިންމުމަށް އެޗްއީއޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން މިހާރު މަޝްވަރާ ކުރަމުންދާ ކަމަށާއި އެކަމާ ގުޅޭގޮތުން އެ ގުރޫޕުން ނިންމާ ގޮތެއް އާންމު ކުރާނެ ކަމަށެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމުގެ ތެރޭގައި ޔޫކޭ ހިމެނެއެވެ. އެގޮތުން ބޯޑަރު ހުޅުވަލިފަހުން އެ ގައުމުން 15،397 ފަތުރުވެރިން އައިސްފައި ވެއެވެ.

އެގައުމުން ފެނުނު ކޮވިޑްގެ އާ ވައިރަހަކީ އާންމު ވައިރަހަށް ވުރެ ބާރަށް ފެތުރޭ ވައިރަހެއް ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

އިނގިރޭސިވިލާތާއި ރާއްޖެ އާއި ދެމެދު ބްރިޓިޝް އެއާވޭސް އިން މިވަގުތު ކޮންމެ ދުވަހަކު އެއް ފްލައިޓު ބާއްވާއިރު ސްރީލަންކަން އެއާލައިންސް އިން ހަފްތާ އަކު ދެ ދަތުރު ބާއްވަ އެވެ.

ނަމަވެސް ފެނުނު އާ ވައިރަހާއި ގުޅިގެން އިޓަލީ، ބެލްޖިއަމް، ތުރުކީ އަދި ކެނެޑާ އިންވެސް ވަނީ ޔޫކޭގެ ފްލައިޓުތަކަށް އެ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355