twitterviber whatsapp telegramfacebookyoutube instagram
24th April 2024

އިއްޔެ ރާއްޖެއަށް 5600 ފަރުވެރިން އައިސްފައިވޭ

ޚަދީޖާ އާދަމް
Dec 21, 2020

އިއްޔެ އަކީ އަނެއްކާވެސް ރެކޯޑް އަދަދަކަށް ފަރުތުވެރިން ރާއްޖެ އައިސްފައިވާ ދުވަހެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ މި ޖުލައި 15 ވަނަ ދުވަހުއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ 5,674 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. މިއީ ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައި ދުވަހެވެ.

ޓޫރިޒަމްގެ ހިސާބުތަކަށް ބަލާއިރު ބޯޑަރު ހުޅުވާލި ފަހުން އިއްޔެގެ ނިޔަލަށް 132,803 ޓޫރިސްޓުން އައިސްފައި ވެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަކީ 515,650 އެވެ.

އިއްޔެގެ ނިޔަލަށް، މި ޑިސެމްބަރު މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 56,662 އެވެ. މިމަހު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 2،833 ޓޫރިސްޓުން އަންނަ ކަމަށް ހިސާބުތައް ދައްކަ އެވެ. އަދި ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އަހަރުގެ ބަކީ އޮތް ދުވަސްތަކުގައި 40،000 ހާސް ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.

ބޯޑަރު ހުޅުވާލިފަހުނ މިހާތަނަށް ރާއްޖެއަށް އެންމެގިނަ ޓޫރިސްޓުން އައިސްފައިވަނީ އެމެރިކާއިންނެވެ. ދެވަނައިގައި އިންޑިޔާ އުޅޭއިރު ތިން ވަނައިގައި އުޅެނީ އިނގިރޭސިވިލާތެވެ.

ފިނި މޫސުމާއި އާ އަހަރާއި ދިމާކޮށް ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ މަގުބޫލް މަންޒިލެކެވެ. އެގޮތުން އަހަރުގެ ބާކީ އޮތް ދުވަސްތަކަކީ ރިސޯޓުތައް އޯވާ ބުކްވެގެންދާނެ ދުވަސްތަކެއް ކަމަށް ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެ އެވެ.

ޓޫރިޒަމް އިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިހާރު ރާއްޖޭގައި 467 ޓޫރިސްޓު ފެސިލިޓީ އޮޕަރޭޝަނުގައި އެބައޮތެވެ. އެއީ 139 ރިސޯޓު/ މެރީނާ އާއި 10 ހޮޓެލް، 130 ސަފާރީ ވެސަލް އަދި 188 ގެސްޓްހައުސް އެވެ. އެއީ ޖުމްލަ 39,587 ޓޫރިސްޓު އެނދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355